ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު/ ފޮޓޯ: މަޖިލިސް
ހަބަރު
02 May 2023 | 17:32
ތެޔޮ އަގުހެޔޮކޮށް މުސާރަ ބޮޑުކުރިޔަސް ކަނޑު ވިއްކާ ނުލާކަމަށް ނުވާނެ: ތާރިގު

ތެލުގެ އަގު ހެޔޮކޮށް ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިއްރު ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުން ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގަ އެވެ. 

ތާރިގު ވިދާޅުވީ އިޓްލޮސްގައި އޮތް ދިވެހިރާއްޖޭގެ ދެކުނުގެ އިން ކަނޑައެޅުމުގެ މައްސަލަ ނިމުމާއެކު އަދި ދިވެހި މަސްކަނޑުން ބައެއް ގެއްލިގެން ދިއުމާއި ވިދިގެން މީގެ ކުރިން ސަރުކާރުން ކުޑަ ނުކުރެވޭނެކަމަށް ބުނަމުން އައި ހިޔާ ފްލެޓުގެ ކުލި ކުޑަކޮށް، ތެލުގެ އަގު ހެޔޮކޮށް އަދި މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައީ އެ މައްސަލައިގެ ފޯކަސް އެހެން ދިމާލަކަށް ބަދަލުކޮށްލަން ކަމަށެވެ. 

އެހެން ނަމަވެސް، ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންގެ ފޯކަސް އެ މައްސަލައިން ބަދަލު ނުކޮށްލެވޭނެ ކަމަށާއި، ސަރުކާރުން ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްނުލާކަމަށް ނުހެދޭނެކަމަށް ތާރިގު ވިދާޅުވި އެވެ. 

"ކަނޑު ވިއްކާލުމަށްފަހު، ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން އެއްހަމަ ނުވެފައިވާ މުސާރައިގެ އޮނިގަނޑާއި، ހިޔާފްލެޓްގެ ކުލި އޭގެ އަސްލަށް ރުޖޫއަ ކުރުމާއި، ތެލު އަގުހެޔޮކުރަމަކުން، ކަނޑުވިއްކާ ނުލާކަމަކަށް އަދި އިންޑިޔާގެ އަޅުދަށުވެފައިވާ ވުމަކަށް ބަދަލެއް ނާދެއެވެ"

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 

އިޓްލޮސްގައި އޮތް ޗާގޯސް މައްސަލަ ނިމިގެން ދިޔަ ގޮތާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބުންނާއި ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ގެންދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

އެގޮތުން ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދު ހިނގާ ކަމެއްކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅުގެ ސަބަބުން އިޓްލޮސްގައި އޮތް މައްސަލައަށް އަސަރުކޮށްފައިވާ ކަމަށާއި، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ އެ ސަބަބާއި ހުރެކަމަށް އެ ފަރާތްތައް ދަނީ ތުހުމަތު ކުރަމުންނެވެ. 

އަނެއްކޮޅުން ސަރުކާރުން ބުނަމުންދަނީ އިން ކަނޑައެޅުމުގެ މައްސަލައާއި ސިޔާދަތު ލިބިގެންވާކަމަށް ބުނާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. 

އެހެންކަމުން މޮރިޝަސްއަށް ފޮނުވި ސިޓީގެ ސަބަބުން އިޓްލޮސްގައ ކުރިއަށް ދިޔަ މައްސަލައަށް ކުޑަވެސް އަސަރެއް ނުކުރާނެ ކަމަށާއި، އިޓްލޮސްގައި އޮތް މައްސަލަ ނިމި ދިވެހިރއްޖޭގެ އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ