އިންޑިއާގެ ޑިފެންސް މިނިސްޓަރު ރައީސް ޞާލިހާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 May 2023 | 22:02
ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓުތައް އަޕްޑޭޓުކުރަން އެހީވާން އިންޑިއާ ތައްޔާރުކަމަށް ބުނެފި!

ރާއްޖޭގެ ހައިޑްރޯގްރްފީ ޗާޓުތައް އަޕްޑޭޓްކުރުމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމު އޮތީ ތައްޔާރަށްކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ ވަޑައިގެން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފަ އެވެ. 

އެގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ސިންގު ވިދާޅުވީ މި ސަރުކާރުގެ "ނޫ އިޤްތިޞާދު" ސިޔާސަތުގެ ދަށުން ކުރަން ހުރި ކަންކަމަށް އެހީތެރިވެދިނުމުގެ ގޮތުން ތިން ބުރެއްގެ މަތިން ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ސާވޭގެ ތެރެއިން ތައްޔާރުކުރެވުނު ޗާޓުތައް ސަރުކާރާއި ހިއްސާކޮށްފައިވާއިރު، އެ ޗާޓުތައް އަޕްޑޭޓު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ވެސް އިންޑިއާ އޮތީ ތައްޔާރަށްކަމަށް ސިންގު ވިދާޅުވި އެވެ. 

އޭގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ދިފާއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވެން އޮތް ކަންކަމާއި ގުޅިގެން މިހާރަށްވުރެ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އަދި ދެ ގައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ރައީސް ޞާލިހު ވަނީ އިންޑިއާއިން ރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާ ކޮށްދިނުމަށް ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކަނޑުގެ ޗާޓުތައް އެކުލަވާލުމަށް ކުރިއަށް ގެންދިޔަ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެ ސާވޭ ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޯށްދީ އިންޑިއާއިން ދިން އެހީތެރިކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވަނީ އިންޑިއާ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.