މެސީ ސައުދީ އަރަބިއްޔާގައި
ކުޅިވަރު
03 May 2023 | 01:04
މެސީ ޕީއެސްޖީއަށް ބޭވަފާތެރިވެއްޖެ!

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކުލަބުގެ ހުއްދަނެތި ޕްރެކްޓިސްއަށް ހާޒިރުނުވުމާއި ގުޅިގެން, މުސާރަ ނުލިބޭގޮތަށް އަދި ކުލަބުގެ ސީނިއަރ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭހެން ދެ ހަފްތާގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެސީ ކުލަބުގެ ޕްރެކްޓިސްއަށް ހާޒިރުނުވީ ސައުދީ އަރަބިއާއަށް ދިއުމަށްޓަކައި އެވެ. އަދި ލީގުގައި އެންމެފަހުން ލޮރިއަންޓް އަތުން 3-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވި މެޗު ނިމުނުތާ މާގިނައިރުތަކެއް ނުވެ މެސީ ވަނީ ސައުދީ އަރަބިއާ އަށް ގޮސްފައެވެ.

ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަލް ޚަތީބު ހޯމަ ދުވަހު މެސީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގެ އިތުރުން މެސީގެ ސައުދީ ދަތުރުގެ ފޮޓޯތައް މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ޕީއެސްޖީ އާއި އެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު ސައުދީގެ ވަރުގަދަ ކުލަބެއް ކަމަށްވާ އަލް ހިލާލުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 400 މިލިއަން މެސީ އަށް ހުށަހެޅުމަށް ތައްޔާރަށް އޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މެސީގެ މި ކުއްލި ދަތުރާއި އަލް ހިލާލުގެ ހުށަހެޅުމާއި ގުޅުމެއް އޮވެދާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.