މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ސިޓީ ކައުންސިލް
ހަބަރު
03 May 2023 | 11:32
މާލެ ސިޓީ ކައުންސިލުން ގޭބިސީތަކަށް ހިލޭ ކޮތަޅު ޕެކޭޖް ބަހަން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލެ ސަރަަހައްދުގެ ގޭބިސީތަކަށް ހިލޭ ކޮތަޅު ޕެކޭޖް ބަހަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު ކުރިއަށް ގެންދިޔަ، އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

އެގޮތުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ކޮތަޅުން ޓެކްސްއެއް ނަގަން ފަށާފައި ވުމާއެކު، އެކަގާ ގުޅިގެން ބައެއް ފަރާތްތަކާ ވާހަކަދައްކައި މަޝްވަރާ ކޮށްލުމަށްފަހު، މާލޭގެ ގޭބިސީތަކަށް ކޮތަޅު ބެހުމަކީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ކަމެއް ކަމަށެވެ.

އެހެންކަމުން 25 ކޮތަޅު ހިމެނޭ ރީޔޫސަބަލް ކޮތަޅު ޕެކް ތަކެއް ހެދުމަށްފަހު މާލޭ ސިޓީގެ ގޭބިސީތަކަށް ބެހުމަށް ސިޓީ ކައުންސިލްގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މުއިއްޒު ވިދާޅުވީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޖުމުލަ 50 ހާސް ގޭބިސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށެވެ.

އެކަމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.

މުއިއްޒު ވިދާޅުވީ، އެކި ކުލައިގެ ކޮތަޅު ހިމެނޭ މި ޕެކޭޖްގެ ސަބަބުން އެކި ބާވަތުގެ ސާމާނު ގަންނައިރު ފަސޭހަ ވެގެންދާނެ ކަމަށާއި އަދި އެކޮތަޅުގައް ފުދޭވަރަކަށް ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ