އިދިކޮޅުގެ މުޒާހަރާއެއް ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކަށް އަނިޔާވެފައި/ ފޮޓޯ: ވޮއިސް
ހަބަރު
03 May 2023 | 12:21
ނޫސްވެރިކަމުގެ މިނިވަންކަމުން ރާއްޖެ 13 ދަރަޖަ ފަހަތަށް

ރިޕޯޓާޒް ވިތައުޓް ބޯޑާސް، (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓި 100 ވަނައިގައި ހިމެނިއްޖެ އެވެ.

ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، މޭ 3ގައި އާންމު ކުރާ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި މިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފަ އެވެ. އޭގެ މާނައަކީ ރާއްޖެ މިހާރު އޮތީ "ޕްރޮބުލޮމެޓިކް" ކެޓަގަރީ ނުވަތަ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގަ އެވެ.

މި ސަރުކާރުގައި ވިދިވިދިގެން ދެ އަހަރު، ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވުމާ ގުޅޭ ގޮތުން އާރުއެސްއެފްގެ އޭޝިޔާ ޕެސިފިކް ޑެސްކުގެ ވެރިޔާ، ޑެނިއަލް ބެސްޓާ ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެ 13 ދަރަޖަ ދަށަށް ގޮސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާކަން އެއިން ހާމަވެފައިވާ ކަމަށެވެ.

އަދި މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ ހަރުދަނާކަން ކޮންމެވެސް ވަރަކަށް ގެއްލިފައިވުން ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދަވާފައި ނުވުން ކަމަށެވެ.

"ކަންބޮޑުވާ ކަންކަމުގެ ތެރޭގައި، ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ގާނޫނީ އޮނިގަނޑު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މި ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުށަހެޅި ނަމަވެސް މަސްދަރުގެ ސިއްރު ނުހިފެހެއްޓިދާނެ ކަމުގެ ނުރައްކާ އަދިވެސް އެބައޮތެވެ. އެއާ އެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައެއްގަ އެވެ. ގިނަ އަދަދެއްގެ ނޫސްވެރިންނަށް ބޮޑެތި އިންޒާރުތަކެއް ދީފައި ވާއިރު، އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލި މައްސަލާގައި އަދަބު ނުދެވުން އަދިވެސް އޮތީ އެ ގޮތަށެވެ." ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވުމާ ގުޅޭ ގޮތުން އާރުއެސްއެފްގެ އޭޝިޔާ ޕެސިފިކް ޑެސްކުގެ ވެރިޔާ، ޑެނިއަލް ބެސްޓާ ވިދާޅުވިއެެވެ. 

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަބުރުގެ ގާނޫނު އުވާލުން ފަދަ ކަންކަން ކުރުމާ އެކު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ރަނގަޅުވެގެން ދިޔަ އެވެ. އެގޮތުން، 2021ގައި ރާއްޖޭގެ ދަރަޖައަކީ 72 އެވެ. ނަމަވެސް އަނެއްކާ ވެސް އެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މި ދަނީ ދަށްވަމުންނެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ނޫސްވެރިންކަމާއި ނޫސްވެރިންނަށް އެޅި ހުރަސްތަކާ އެކު އެ ސަރުކާރު ނިމުނު އިރު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖައަކީ 120 އެވެ. އެއީ ނޫސްވެރިކަމަށް އުނދަގޫ ހާލަތްތައް ހުރި ކެޓަގަރީ އެވެ.

ޕްރެސް ފްރީޑޮމް އިންޑެސްގައި ރާއްޖޭގެ ދަރަޖަ އަނެއްކާ ވެސް ދަށަށް ދާން ފެށުމާ ވިދިގެން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ، ނޫސްވެރިކަމާއި ނޫސްވެރިން ހިމާޔަތްކޮށް އެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބަކަށް ހަދަން ޖެހޭކަމަށެވެ. ނަމަވެސް މި ފެންނަނީ އެ ވާޖިބުގެ މަތިން ކޮންމެ ސަރުކާރަކުން ވެސް ހަނދާން ނެތޭތަން ކަމަށާ އެއީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންޑެކްސް ރަނގަޅު ކުރުމަށް ޓަކައި ދިގު ނުދަންމާ ހެއްކާ ބެހޭ ގާނޫނު ނޫސްވެރިންނަށް ފަހިވާނޭ ގޮތަށް އިސްލާހު ކުރަން އެބަ ޖެހޭ. ނޫސްތަކަށް މާލީ މިނިވަންކަން ލިބޭނޭ ސިޔާސަތުތަކަށް ސަރުކާރުން ބާރުއަޅަން އެބަ ޖެހޭ. ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނޭ ގައުމީ ސިޔާސަތެއް އެބަ ބޭނުންވޭ. ރިލްވާން ގެއްލުވާލުމާއި ޔާމީންގެ މަރަށް އިންސާފު ހޯދައިދޭން މިހާރަށް ވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ." އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވިއެެވެ. 

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްއަކީ ދުނިޔޭގެ 180 ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް މިންވަރު މިންކުރާ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ރަސްމީ އިންޑެކްސްއެކެވެ. ޕްރެސް ފްރީޑޮމް އިންޑެކްސް އެކުލަވާލަނީ ގައުމުތަކުން ހޮވާލެވޭ އެކްސްޕާޓުންގެ ހިޔާލާއި އެ ފަރާތްތަކުން އެއްކުރެވޭ މައުލޫމާތު އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގޭ ކަންކަމުގެ މިންވަރަށް ބެލުމަށް ފަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ