އިނގުރައިދޫ-- ފޮޓޯ: މާލިކް
ހަބަރު
03 May 2023 | 15:59
އިނގުރައިދޫގައި ވައްކަމާއި ފޭރުން އިތުރުވަމުންދާތީ ކައުންސިލްގެ ކަންބޮޑުވުން

ރ. އިނގުރައިދޫގައި ވަށްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިނގުރައިދޫގައި މިހާރަކަށް އައިސް ވަށްކަމާއި ފޭރުމުގެ މައްސަލަ އިތުރުވަމުންދާތީ އެކަމާއި ގުޅިގެން އެރަށު ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ، ރަށުގެ އަމާންކަން ނަގާލައި، މީހުންގެ މުދަލަށް އަރައިގަންނަމުންދާތީ، އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ. 

އަދި އެރަށުގައި ހިނގަމުންދާ އެފަދަ މައްސަލަތައް ހައްލެއް ހޯދައި، ކުށުގެ ވެއްޓަށް މީހުން ވަންނަ މިންވަރު މަދުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމަށް، ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު ކައުންސިލުން މަޝްވަރާ ކުރަމުންދާކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. 

މިއާއެކު، އެފަދަ ކަންކަމަކީ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއިއެކު ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ، އެކަން ހައްލު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، ކުށް މަދުކުރުމަށް ރައްޔިތުންނަށް ވެދެވެން އޮތް ހުރިހާ އެހީއަކާއި އެއްބާރުލުމެއް ދިނުމަށް އެދިފައެވެ. 

ހަމަ އެހެންމެ، ކުރިއަށްވުރެ ބޮޑަށް އަމިއްލަ މުދަލަށް ރައްކާތެރިވެ، ވައްކަންކުރާ ފަރާތްތަކަށް އެފަދަ ފުރުސަތު ފަހިވާނޭ ގޮތަށް ޢަމަލުތައް ނުބެހެއްޓުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.