ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް-- ފޮޓޯ/ ވޮއިސް
ހަބަރު
03 May 2023 | 23:00
ސަރުކާރާއި އެއްކޮޅަށް ތިބި ޕާޓީގެ މެންބަރުންނާއި އެކު ރައީސް މައުމޫނުގެ ކުއްލި ބައްދަލުވުމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރާއި އެއްކޮޅަށް ތިބި އެމްއާރްއެމްގެ މެންބަރުންނާއި އެކު އެ ޕާޓީގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން މިހާރު ކުރިއަށް ދަނީ މޫކައި ސޫޓްސްގެ ކޮންފަރެންސް ހޯލްގައެވެ. އަދި މި ބައްދަލުމުގައި، އެމްއާރްއެމްގެ ކައުންސިލް މެންބަރުންނާއި، ސަރުކާރުގެ އެކި މަގާމު ތަކުގައި ތިބި އެމްއާރުއެމްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. 

އެމްއާރްއެމް އިން މިފަދަ ބައްދަލުވުމެއް އެ ޕާޓީގެ ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއިއެކު ބާއްވާފައިވާއިރު، އެ ޕާޓީން ޗާގޯސް މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަށް ދެކޮޅު ކަން ދާދިފަހުން ވަނީ އިޢުލާން ކޮށްފައެވެ. އަދި މިއަދު ޗާގޯސް މައްސަލާގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެ ޕާޓީގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

އެމްއާރްއެމް އަކީ މިހާރު މިހިނގާ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އަދި މިހާތަނަށްވެސް ކޯލިޝަންގައި ދެމި އޮތް ޕާޓީ އެކެވެ.

ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމާއިމެދު އެ ޕާޓީން އަދި ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު، އެ ޕާޓީން އަންނަނީ ސަރުކާރާއި، އަދި ޖުމްހޫރީ ޕާޓީއާއި އެކުވެސް މަޝްވަރާތައް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ