މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
04 May 2023 | 09:09
ގެއްލިދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށް މާލެސިޓީ ކައުންސިލުން ގޮވާލައިފި

ޗާގޯސްގެ މައްސަލައިގައި ގެއްލިދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށް މާލެސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އެ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިސާދީ ޒޯނުން 45000 އަކަކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭގޮތަށް އެ ސަރަހައްދުގެ މައްޗަށް މޮރިސަސްގެ ޞިޢާދަތީ ބާރު ހިނގާނެކަމަށް އެއްބަސްވެ ދިވެހި ސަރުކާރުން އަމަލު ލކުރި ގޮތް މާލޭ ސިޓީ ކައުންސިލުން ކުށްވެރިކުރާ ކަމަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިން މިހާތަނަށް މަސްބާނަމުން އަންނަ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް، މޮރިޝަޝްއަށް ލިބޭގޮތަށް ނިންމާފައި ވުމަކީ ހަމައެކަނި ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި ރާއްޖޭގެ މަސްވެރިންނަކީ އެއިރެއްގައި މަސްބޭނޭ ހިސާބަކަށް ދަތުރުކޮށް މަސްބާނަމުން އަންނަ ބައެއް ކަމަށް ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ.

އަދި މާލޭ ސިޓީގައި ދިރިއުޅޭ މަސްވެރިންނަށްވެސް އެކަމުގެ ސަބަބުން ހިތަށް ނުގެނެވޭހާ ގެއްލުން ކުރިމަތިވެ، ރާއްޖޭގެ މަސްކަނޑުތަކުން މަސް ހުސްވެ މަސްވެރިން ނިކަމެތި ވެދާނެ ކަމެއްކަމުގައި ދެކޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލި ދިޔަ ދިއުމަކީ މިކައުންސިލުން ނުހަނު ހިތާމަކުރާ ކަމެއް" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދުނިޔެ ބަލައިގެންފައިވާ ނަމޫނާ، ދެމެހެއްޓެނި މަސައްކަތަކަށްވާއިރު، ދިވެހިރާއްޖެއާއި އިންވެގެން ދާއަޅައިގެން ކުރާ މަސްވެރިކަމުގެ ސަބަބުން ޒަމާންވީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުކުރާއިރު އެކަމުގެ އަސަރު މާލޭ ސިޓީގައި މަސްވެރިކަން ކުރާ މަސްވެރިންނަށްވެސް ކުރާނެ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިޔަ ދިއުމަކީ މަސްވެރިކަމުގެ ސިނާޢަތުގައިވާ އެންމެ ގިނަ މަސްވެރިކަމުގެ އުޅަނދުތައް ހިމެނޭ މާލޭ ސިޓީގެ އޮޑިދޯނި ފަހަރާއި ރާއްޖޭގެ އެހެނިހެން ސަރަހައްދު ތަކުގެ އޮޑިދޯނިފަހަރުގެ ވެރިންނާއި، ކެޔޮޅުންނާއި، ފަޅުވެރިންނާއި، އަދި އެހުރިހާ ފަރާތްތަކެއްގެ އާއިލާތަކަށް ކުރިމަގުގައި ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ ކަމެއްކަމުގައި އެ ކައުންސިލުން ފާހަގަ ކުރިއެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލުން ވަނީ ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިފެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.