ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 10:12
ރާއްޖެއަށް ފައިދާވާނެ އެއްވެސް ކަމެއް ސަރުކާރުން އިޓްލޮސްއަށް ހުށައަޅާފައެއް ނެތް: އާޒިމާ

ދިވެހިރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން  އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދިވެހިރާއްޖެ އަށް ފައިދާ ވާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުގެ ފަރާތުން ހުށައަޅާފައި ވެސް ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމި ސަބަބަށް އަލިއަޅުވާލާ ޗާގޯސް މައްސަލައިގައި ކަންބޮޑުވާ ފަރާތްތަކުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޓުގައި އެ މައްސަލަ ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހިއްސާ ކުރައްވަމުން ނެވެ. 

އާޒިމާ ވިދާޅުވީ މޮރިޝަސްއިން އެ މައްސަލަ ހުށައެޅުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ޕޮސިޝަނަކަށް ވީ އެމީހުން ބުނާ ހިސާބުން ހަމަހަމައަށް (އިކުއި ޑިސްޓެންސް) އުސޫލުން ބައި ކުރުމަށް ކަމަށެވެ. އިކުއި ޑިސްޓެންސް އުސޫލުން ބެހުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ހަމައެކަނި އިއުތިރާޒު ކުރީ މޮރިޝަސްއިން ބުނާ ޕޮއިންޓަކުން ބެހުމަށްކަމަށް އާޒިމާ ވިދާޅުވި އެވެ.

ދިވެހިރާއްޖެ އިން ބުނާ ޕޮއިންޓަކުން ފަށައިގެން ކަނޑުގެ ސަރަހައްދު ބައި ކުރުމަށް ރާއްޖެ އޮތީ އެއްބަސްވެގެންކަން ކޯޓަށް ހުށައަޅާފައިވާ ހުށައެޅުމާއި އެ މައްސަލައިގައި އިޓްލޮސްއިން ކުރި ހުކުމުގައި ސާފުކޮށް ފެންނަން އޮތްކަމަށް އާޒިމާ ވިދާޅުވި އެވެ. 

"މޮރިޝަސްއިން ބުނި ލައިނާއި އަޅުގަނޑުމެން (ދިވެހި ސަރުކާރުން) ބުނި ލައިނާއި ކޮންމެސް ވަރެއްގެ އެޑްޖަސްޓުމަންޓެއް ގެނެސް ހަމަޔަށް ބަހާލަން. އެކަމަކު ދަ ކޮންސެޕްޓް އޮފް ފުށުއަރާ ބައި ހަމަހަމަޔަށް ބަހާލުމަށް އަޅުގަނޑުމެން އެއްބަސް ވެއްޖެ. އަދި ހަމަހަމައަށް ބަލައިގެން މި ދެންނެވި 3 ސްޓެޕްސްގެ ތެރޭގައި ދިވެހިރާއްޖެއަށް ގެއްލުންވާނެ ކަންތައްތަކެއް ހުރިކަމަކަށް ނެތް ދިވެހިރާއްޖެއިން ބުނެފައެއް. ދިވެހިރާއްޖެއިން ބުނީ ހަމަހަމައަށް ބަހައިފިއްޔާ އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތޭ"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު 

އާޒިމާ ވިދާޅުވީ ޗާގޯސް އަކީ މީހުން ދިރިއުޅޭ ޖަޒީރާއަކަށް ނުވުމާއި، ދިވެހިންނަކީ މަސްވެރިކަމަށް ބަރޯސާ ބަޔެއް ކަމަށާއި، ޗާގޯސްގެ ސިޔާދަތު އޮތްކަމަށް ދައުވާ ކުރާ މޮރިޝަސްއަކީ މަސްވެރިކަން ކުރާ ބައެއް ނޫން ކަމަށާއި، އެމީހުންނަކީ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރާ ބައެއްކަމަށް ވުމުން، އެ ސަރަހައްދު ދީފިނަމަ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާއި، މިއިން އެއްވެސް ކަމެއް ދިވެހި ސަރުކާރުގެ ފަރާތުން އިޓްލޮސްއަށް ހުށައަޅާފައި ނުވާކަމަށެވެ. 

ދެ ގައުމުގެ ދެމެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދެއް އޮތްކަމަށް ވާނަމަ ހަމައަށް ބެހުމަކީ މައިގަނޑު އުސޫލު ކަމުގައި ވިޔަސް، އެންމެ ފައިދާ ބޮޑުގޮތަށް އެކަން ކުރެވޭނެ ގޮތްތައް އަބަދުވެސް ބަލާކަމަށް އާޒިމާ ވިދާޅުވި އެވެ. 

" ޗާގޯސް އަކީ މިލިޓަރީ ބޭސްއެއް. އައިލެންޑްސް އަކީ މިހާރު ވެލް ޑިފައިންޑް އެއްޗެއް. ޗާގޯސް އަކީ އިންޓަނޭޝަނަލް ލޯގައި އައިލެންޑަކަށް ވާނެ ތަނެއް ތޯ ނޫން ތޯ ވެސް އަޅުގަނޑުމެން ކޮންސިޑާކުރަން ޖެހޭ. ކޮބާތޯ މަސްވެރިން؟ ކީއްވެގެންތޯ އަޅުގަނޑުމެން އެކްސެޕްޓުކުރީ ޗާގޮސްއަކީ މީހުން އުޅޭ ތަނެއްކަމަށް. ކީއްވެގެންތޯ އެއިން އެއްވެސް ވާހަކައެއް އަޅުގަނޑުމެން ފާހަގަނުކުރީ؟ "

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު 

އެކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އެ މައްސަލައިގައި އިޓްލޮސްގައި ދިވެހިރާއްޖެ އިން ނަގާފައިވާ ޕޮސިޝަނަކީ ޤާނޫނާއި ޚިލާފު ޕޮސިޝަނެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންވެފައި އޮންނާނެ ކަމަށާއި،  ދައުލަތުން އިޓްލޮސްގައި ވަކާލާތުކުރީ ޤާނޫނުގައި ބަޔާންކޮށްފައިވާ 200 ނޯޓިކަލް މޭލާ ޚިލާފަށް ކަމަށް އާޒިމާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ހަމައެކަނި ބުނެފައި އޮތީ އަޅުގަނޑުމެން މި ބުނާ ސަރަހައްދު މި ބުނާގޮތަށް ބަހައިފިއްޔާ މައްސަލައެއް ނެތޭ. އެކަމަކު މީގަ އަޅުގަނޑުމެން މި ދަންނަވަނީ ދެވާހަކައެއް. އެއް ވާހަކައަކީ އެ ޕޮސިޝަނަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފު ޕޮސިޝަނެއް. ދިވެހިރާއްޖޭގެ ޤާނޫނު އެ އޮތީ ކަނޑައެޅިގެން ފާހަގަކޮށްފަ ނޫން ތޯ؟ އެހެން އޮއްވަ ކިހެނެއްތޯ ދައުލަތުން ގޮއްސަ ދިވެހިރާއްޖޭގެ ޤާނޫނާއި ވަކާލާތު ކުރަނީ؟ "

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު 

އާޒިމާ އިތުރަށް ވިދާޅުވީ ކޮންމެ ބަޔަކުވެސް އެފަދަ މައްސަލަތަކުގައި ބަލާނީ އެބައެއްގެ މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށެވެ. 

އެހެން ނަމަވެސް ފޯޅަވަހި މައްސަލައިގައި ދިވެހިރާއްޖެއިން އިސްކޮށްފައިވަނީ ދިވެހިންގެ މަސްލަހަތު ނޫންކަން އެނގެން އޮތް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލި މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާކަން އާޒިމާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ޢަލީ
މީނަ ހޮރުން ނިކުތީބާ
04 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ