އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ-- ފޮޓޯ/ ވޮއިސް
ހަބަރު
04 May 2023 | 12:08
މިނިސްޓަރު ރަނގަޅުކަމަށް ވިދާޅުވި އަރަބިއްޔާ ބާ އިމާރާތުގެ ތަނބުތައް ހަލާކުވެ ކޮންކްރީޓް ފައިބަނީ

ދަރިވަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވި އަރަބިއްޔާ ސުކޫލުގެ ބާ އިމާރާތުގެ ތަނބުތައް ހަލާކުވެ، ކޮންކްރީޓް ތައް ފައިބަން ފަށައިފި އެވެ. 

މީސްމީޑިއާގައި މިހާރު ޢާއްމު ވެފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުން, ޢަރަބިއްޔާގެ ދަރިވަރުން އެންމެ ފަހުން ތަޢުލީމް ހާސިލްކުރި ޢިމާރާތުގެ މީގެ ކުރިން ރެނދުލާފައިހުރި ތަނބުތަކުން ވަނީ ކޮންކްރީޓްތައް ނެއްޓިފައެވެ.

އެ ޢިމާރާތަކީ އެފަދަ ހާލަތެއްގައިވާ، ދަރިވަރުންނަށް ރައްކާތެރި ނޫން ތަނެއް ކަން ފާހަގަކޮށް، 2021 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ އެޑިއުކޭޝަން މިނިސްޓަރާއި އެކަމާއި ގުޅިގެން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ އެ އިމާރާތަކީ 2013 ވަނަ އަހަރު ހުޅުވި އިމާރާތެއް ކަމަށާއި އެތަނަށް އެހާ ގިނަ ދުވަސްވެފައި ނުވާ ކަމަށެވެ.

"އެހެންވީމަ އަދި އެހާ ގިނަ ދުވަސްތަކެއް ނުވޭ އެ ބިލްޑިންއަކަށް، ނަމަވެސް އަޅުގަނޑުމެންނަށް ފުރަތަމަ ވެސް އަރަބިއްޔާ ސުކޫލުގަ ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވެފައިމިވަނީ ޑިސެންބަރު 2020 ގައި،" އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ރެނދުތައް ފާހަގަވުމާއެކު އިންސްޕެކްޝަނެއް ހަދައިފައިވާނެ ކަމަށާއި ޕްލޭނިން މިނިސްޓްރީން އިންޖިނިއަރުން ގުޅިގެން ހެދި އިންސްޕެކްޝަންގައި ވިޝުއަލް އިންސްޕެކްޝަނެއް ހަދައި ރިޕޯޓެއް ހުށަހަޅައިފައިވާ ކަމަށެވެ.

"އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަދިއެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް، އެއީ އަޅުގަނޑުމެން ހަމަ ވަރަށް ކްލޯސްލީ މޮނިޓާ ކުރަމުން މިދަނީ، ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާ ވާ ކަން އަޅުގަނޑުމެންނަށް އެނގޭ ހާލަތުގައި އަޅުގަނޑުމެން އެތަން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއަށްފަހު، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގައި އަރަބިއްޔާގެ ދަރިވަރުންވަނީ ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.