ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 16:21
ޤާނޫނުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ގަބޫލުނުކުރާ ނަމަ ސަރުކާރުން ޤާނޫނު އިސްލާހުކުރަން ޖެހޭ: އުޝާމް

1996 ވަނަ އަހަރު ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް 200 ނޯޓިކަލް މޭލު ލިބެން ޖެހޭކަމަށް ސަރުކާރުން ގަބޫލު ނުކުރާނަމަ، އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައަޅަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ވަކާލާތުކުރަން ބޭނުންވާ ފަރާތްތައް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޓޭންޑް ހާމަކުރައްވަމުން އުޝާމު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ބެހޭ ޤާނޫނުގައި ބަޔާންކުރާ ރާއްޖޭގެ ޚާއްސަ އިޤްރިޞާދީ ސަރަހައްދަކީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 200 މޮނިޓަލް މައިލްކަމަށް ސަރުކާރުން ނުދެކޭނަމަ، ނުވަތަ ގަބޫލު ނުކުރާނަމަ ޤާނޫނު އިސްލާހުކުރަން މިހާރުން މިހާރަށް ހުށައަޅަން ޖެހޭ ކަމަށެވެ. 

"ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަކީ އީއީޒެޑަކީ 200 ނޮޓިލަކް މޭލުކަމަށް ކަނޑައަޅާފަ. މި ސަރުކާރުން ޤަބޫލުކުރައްވަނީ 200 ނޮޓިކަލް މޭލު ރާއްޖެއަށް ނުލިބޭން ކަމަށް ވާނަމަ، އަޅުގަނޑު ގަބޫލުކުރަނީ މި ސަރުކާރުން މިހާރުވެސް ޤާނޫނަށް އިސްލާހުވެސް ހުށައަޅަން ޖެހޭކަމަށް"

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

އެކަން ފާހަގަކުރައްވާ އުޝާމު ވިދާޅުވީ ސަރުކާރުން އަމަލުކުރާނެ ގޮތެއް ބައްލަވަމުން ގެންދަވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލި ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ބެހޭ ޤާނޫނަށް އެ އިސްލާހު ހުށައަޅަން ސަރުކާރަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބަލަން މިތިބީ ކޮން ގޮތަކަށްތޯ ސަރުކާރުން އަމަލުކުރައްވަނީ މި ކަމުގައި. މި ސަރުކާރުން އެ ޤާނޫނު ބަލައި ނުގަންނަކަމުގައި ވަނީ ނަމަ އެ ޤާނޫނަށް އިސްލާހުވެސް ހުށައަޅަން ޖެހޭނެ މި ސަރުކާރުން. އެކަމަކު އަޅުގަނޑަށް ޔަގީން ޤާނޫނަށް އިސްލާހު ހުށައަޅަން އެބޭފުޅުންނަށް ކެރިވަޑައި ނުގަންނަވާނެކަން"

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

ޗާގޯސް މައްސަލައާ ގުޅިގެން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖްލީހަށް ވައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ފޯލަވަހި މައްސަލައިގައި އުޅުއްވި އެންމެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށާއި، އެމީހުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވައްދާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ