އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 16:42
އެންމެ ދެރަވަނީ އެމްޑީޕީ ސަރުކާރެއް އޮވެ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީމަ: އަމްރު

ފޯޅަވަހި މައްސަލައިގައި މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި، އަދި ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް މި މައްސަލަ ނިމިގެން ދިޔައިރު ވެރިކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތުމަކީ އިންތިހާއަށް ހިތާމަކުރައްވާ ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ. 

ޗާގޮސް މައްސަލައާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ ވަޒީރުންނާއި، ޤައުމީ ދިފާއީ ބާރުގައި ހަރަކާތްތެރިވި ފަރާތްތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން އިއްޔެ ވަނީ ވަރަށް ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާފަ އެވެ. މި ޕްރެސް ކޮންފަރެންސްގައި އަމްރު ތަމްސީލު ކުރެއްވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން: ގޮތްޕެވެ. 

އަމުރު ވާހަކަފައްޓަވަމުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބިގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ގެއްލުންވާނެ ކަމެއް ނޫންކަމަށް ސަރުކާރުން ބުނަމުންދާ ވާހަކައަށް ރައްދުދެއްވާފަ އެވެ. 

އަމްރު ވިދާޅުވީ މޮރިޝަސްއަކީ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރާ ޤައުމެއް ކަމަށެވެ. މޮރިޝަސްގައި ބަންދުކުރާ ދަޅުމަސް ޔޫރަޕަށް އެކްސްޕޯޓު ކުރާއިރު ޑިއުޓީވެސް ނުނަގާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެމީހުންނަށް ލިބިގެން ދިއުމަކީ މަސްވެރިކަމުގެ ސިނާއަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އަމްރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އޭރިއާއިން ބައެއް އަނެއްކާވެސް އެގޮތަށް ކަނޑު ކަހައިގެން ދާއަޅައިގެން.. މި ދައްކަނީ ސީބެޑާއި ހަމަޔަށް ބޮޑެތި ބަރުލާފަ ބޮޑެތި ދާ އަޅާއިގެން ކަހާލައިގެން ގެންދާ ވާހަކަ. މިގޮތަށް ގެންދަން ފެށީމަ ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ދެން ގެންދަން ފަށާނީ. ފަށައިފިއްޔާމު ދެން ރާއްޖޭގެ މަސްވެރިކަމަށް ކުރާނެ އަސަރު އަންދާޒާ ކުރެވޭނެ"

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު

އޭގެ އިތުރުން އަމްރުގެ ވާހަކައިގައި ވަނީ ޗާގޮސް އާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ފުށުއަރާކަމަށް ބުނާ ސަރަހައްދަށް ދިވެހިން މާސް ބާނަން ނުދާކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށްވެސް ރައްދުދެއްވާފަ އެވެ. 

އެގޮތުން އަމްރު ވިދާޅުވީ މީގެކުރިން ރިޔާ ދޯނިފަހަރުގައި ދިވެހިން މަސްބާނަން ގޮސް އުޅުނީ އަދި މާ ކައިރި ސަރަހައްދުތަކަށް ކަމަށެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ސިނާއަތަށް އަންނަމުން މިދާ ކުރިއެރުންތަކާއެކު ދިވެހި މަސްދޯނިތައް އަޕްގްރޭޑް ކުރެވިފައިވާ ކަމަށާއި، މިހާރު މަސް ދެ ހަފްތާ ވަންދެންވެސް މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ ކަމަށެވެ. 

އެހެންކަމުން ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ލިބިގެން ދިއުމަކީ ޔަގީނުން ވެސް މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށް އަމްރު ވިދާޅުވި އެވެ. 

"މިހާރު އަނެއްކަ ނެކްސްޓް ޖަނަރޭޝަނަށް މި ދަނީ މަސް ދޯނިތައް. ފިނިކުރާ ނިޒާމު މިހާރު ޤާއިމްކުރަނީ، އަދި ގަނޑުކުރާ ނިޒާމު މިހާރު ގާއިމްކުރަން ވާހަކަދައްކަނީ. އޭގެ މާނައަކީ މސް ދެމަސް ވަންދެންވެސް ކަނޑުމަތީގައި މސްވެރިންނަށް އުޅެވޭނެއޭ. އެހެންވެއްޖެއްޔާ ދެވޭނެ ވަރަށް ދުރަށްވެސް. އެހެންވީމާ ރާއްޖޭގެ މަސްވެރިކަން ކުރިއަށް އޮތް ތަނުގައި މުޅިން އާ ހިސާބަކަށް ދެވެން އެބޮތް އަޅުގަނޑުމެންނަށް އެ ކަނޑުގެ ސަރަހައްދު އަޅުގަނޑުމެންނަށް ބޮޑުވެގެން"

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު

އެކަންކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެ ގައުމެއްގ ސަރަހައްދުން އިންޗިއެއްވެސް ދޫކޮށްލުމަކީ އެއްވެސް ޤައުމަކުން ކުރާނެކަމެއް ނޫން ކަމަށެވެ. މިހާރުވެސް ދުނިޔޭގެ ގައުމުތަކުން އެ ގައުމަކަށް ލިބެންޖެހޭ ސަރަހައްދު ހިމާޔަތްކުރުމަށް ހަނގުރާމަތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

އަމްރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައިރު ވެރިކަމުގައި އޮތީ އެމްޑީޕީ ސަރުކާރަކަށް ވީތީ އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ.

ސަރުކާރުން ފޯޅަވަހި މައްސަަލައިގައި އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަންބޮޑުވުންތައްވެސް އިންތިހާއަށް އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލައިގައި އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތްޕުޅު ކުރެއްވުމަށް ނަޝީދުވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ. 

"މިކަމުގައި އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، މިކަހަލަ ކަމެއް މި ސަރުކާރުން ކުރީމަ. އެމްޑީޕީގެ ރައީސް ވެސް މި ކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ. އަޅުގަނޑަށް ވަރަށް ބޮޑަށް އުނދަގޫވެސް ވާ ކަމެއް އެއީ އަޅުގަނޑު ނިސްބަތްވާ ޕާޓީން އެކަހަލަ ކަމެއް ކުރީމަ"

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.