ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 16:51
ސިފައިން 200 މޭލު ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން އައިކަން ލިޔެކިޔުމުން ފެންނަން އޮންނާނެ: ފަޔާޒު

ދެކުނުގެ ކަނޑުގެ ސަރަހައްދަކީ ކޮބައިކަން މިހާތަނަށް އައިރު ދިވެހި ސިފައިންނަށް ނޭނގޭކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝަމާލު ދެއްކެވި ވާހަކަތަކަށް ސިފައިން ގޭގައި 17 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ އަހުމަދު ފަޔާޒު އަލީ ރިޒާ ރައްދުދެއްވައިފި އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅިގެން ސަރުކާރުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަން ބަޔާންކުރުމަށް ކަމާގުޅުންހުރި ގިނަ ފަރާތްތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކޮބައިކަން ދިވެހި ސިފައިންނަށް އެއްވެސް އިރެއްގައި އޮޅިފައި ނޯންނާނެ ކަމަށެވެ. ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ގެންދިޔައީ ދިވެހިރާއްޖޭގެ ސަހަރައްދު ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ 200 ނޮޓިލަކް މޭލުގެ ސަރަހައްދު ބަލަހައްޓަމުންކަމަށް އޭނާ ވިދާޅުވި އެވެ. 

ފަޔާޒުގެ ވާހަކައިގައި ވަނީ ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ 200 ނޮޓިކަލް މޭލު ދިވެހި ސިފައިން ބަލަހައްޓަމުން އައިސްފައިވާކަން ހާމަކޮށްދިނުމަށް ބައެއް މިސާލުތައްވެސް ވިދާޅުވެފަ އެވެ. 

"2009 ހިސާބުގައި ސްރީލަންކާގެ ތަމަޅަ މި ހަނގުރާމަ ނިމިގެން ދިޔައިރު، އަޅުގަނޑުމެން ކޯސްޓުގާޑުން ނިކުމެ 100 އެތައް މޭލެއްގެ ބޭރުން ތަމަޓައިން އާމަރީތައް ފައްތާލީ. މީ 200 މޭލު ނެތީމަތޯ އަޅުގަނޑުމެންނަށް؟ 200 މޭލިގައި އަޅުގަނޑުމެންގެ ޤާނޫނީ ބާރު ނެތީމަ ތޯ؟ އެހެންވީމަ މި ހެންހުރި ބޮޑެތި ކަންތައްތައް އޮޅުވާލަނީ؟ "

ރިޓަޔާޑް ކާނަލް އަހުމަދު ފަޔާޒު 

ފަޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުން 150 މޭލު ބޭރުން ޤަވައިދާއި ޚިލާފަށް މަސް ބާނަމުން ދިޔަ ބޯޓުފަހަރުތައް 2017 ވަނަ އަހަރު ވެސް ހުއްޓުވާފައިވާ ކަމަށެވެ. މިއީ މިއަދުވެސް ލިޔެކިޔުންތައް ކޯޓްސްގާޑުގެ ރިޕޯޓުތަކުގައި ފެންނަން ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"ދެކުނުގައި ކޯސްޓުގާޑުން 2017 ގައި ވެސް 2018 ގައި ވެސް ހުންނާނެ މަސްބޯޓު ހިފަހައްޓާފަ 150 މޭލުން. 100 މޭލުން. މި އޮޅުވައެއް ނުލެވޭނެ. މިއަދުވެސް ކޯސްޓު ގާޑުގެ ރިކޯޑުގައި ހުންނާނެ، ލޮގުކޮށްފަ ހުންނާނީ. މި ނައްތަލައެއް ނުލެވޭނެ. އޭގެން ނައްތާލައިފިއްޔާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައިވެސް ހުންނާނެ، އަދި އޭޖީ އޮފީހުގައިވެސް ހުންނާނެ. ބޭރުމީހުން ވީނަ އެ އެއްޗެހި ނައްތަލައެއް ނުލެވޭނެ، ފޮރިން އެފެއާސްގަވެސް ހުންނާނެ"

ރިޓަޔާޑް ކާނަލް އަހުމަދު ފަޔާޒު 

އެކަންކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވީ ސިފައިންނަށް ކަނޑުގެ ސަރަހައްދު އޮތީ ނޭނގިކަމަށް ބުނެ ސިފައިންގެ ބޭކަލުންލައްވާ ހަދާފައިވާ ބޮޑެތި ދޮގުތަކެއް ކަމަށެވެ. އަދި އެ މޭރުމުން ސިފައިން ލައްވާ ވާހަކަ ދެކުވީ ނުފޫޒު ފޯރުވައިގެންކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ