އެމްއާރުއެމްގެ ނައިބުރައީސް ނާދިރާ/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 16:57
ސަރަހައްދާއި ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ނުހޯދާ ސަރުކާރުން ގޮތް ނިންމުމަކީ ގޯހެއް: އެމްއާރުއެމް

ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ނުވަތަ ސަރަހައްދާއި ގުޅޭގޮތުން އެއްވެސް ގޮތެއް ނިންމޭނީ ރައްޔިތުންގެ ބަހެއް ހޯދާ ލޮޖުކޮށްގެން ކަމަށާއި، ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ބުނެފި އެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ގޯސްކަން ބަޔާންކުރުމަށް ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭހެން ކުރީެގ ބަންޑާރަ ނައިބުންނާއި ކުރީގެ ވަޒީރުން ގުޅިގެން ވަނީ ޕްރެސް ކޮންފަރެންސްއެއް ބާއްވާފަ އެވެ. 

އެ ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލު ކުރައްވާފައިވަނީ ޕާޓީގެ ނައިބުރައީސާ އާމިނަތު ނާދިރާ އެވެ. 

ނާދިރާގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް ކަން އެމްއާރުއެމުން ޤަބޫލުކުރާ ކަމަށެވެ. އަދި ކޯލިޝަން ޕާޓުނަރެއްގެ ހައިސިއްޔަތުން އެ ކަންބޮޑުވުންތައް ސަރުކާރާއިވެސް ހިއްސާކޮށްފައިވާނެކަމަށް ނާދިރާ ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން އޮތް ކަންބޮޑުވުންތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 

1. މަސްވެރިކަން ކުރެވޭ ސަރަހައްދެއް ގެއްލުން

2. މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ހީނަރުވެގެން ދިއުމުގެ ފުރުސަތު މިކަމުގައި ބޮޑުވެގެން ދިއުން

3. ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ބޮޑުވެގެން ދިއުން

4. ވާދަވެރި ހަރަކާތްތައް އިތުރުވެ ސަރަހައްދު ބެލެހެއްޓުމުގެ އަގު ބޮޑުވެގެން ދިއުން 

5. އެ ސަރަހައްދުގެ ކަނޑާއި ބިމުއަޑީގެ ތަހުލީލުތައް ކުރުމާއި ކަނޑުވެށި މޮނިޓާކުރުމުގެ ފުރުސަތު ގެއްލިގެން ދިއުން 

6. އެ ސަރަހައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ގެއްލިގެން ދިއުން 

7. ދެ ޤައުމުގެ މަސްލަހަޓު ބެލެހެއްޓޭ ޚާރިޖީ ޚަރަދު ވަޒަން ނުކުރެވޭވަރަށް ބޮޑުވެގެން ދިއުން 

8. މައްސަލައިގެ ބާވަތުން ދާޚިލީ ހަމަނުޖެހުން އިތުރުވެ އޭގެ ދިފާއީ އަގު ބޮޑުވުން

9. އިންޑިއާ ކަނޑުގެ ސްޓްރެޓެކިޖް ބެލެންސް ގެއްލި ސަރަހައްދުގައި ދެމެހެއްޓިފައިވާ އަމާންކަން ގެއްލުމުގެ ބިރުވެރިކަން އުފެދުން 

10. ޤައުމީ އެއްބައިވަންތަކަން ރޫޅޫން 

11. ބޭރުގެ އިސްތިއުމާރީ ފިކުރަށް ޖާގަ ހުޅުވިގެން ދިއުން 

12. ސަރަހައްދުގައި މިނިވަންކަމާއެކު ދަތުރުކުރަމުންދާ ޝިޕިން ރޫޓުތަކަށް ނޭދެވޭ އަސަރުތައް ކުރުން 

ނާދިރާ ވިދާޅުވީ ސަރުކާރު ކޯލިޝަންގައި އޮތަސް ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ގޯސްކަމަށް ބުނެ، އެކަމުގައި އެމްއާރުއެމް ނިކުތީ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި އެ މައްސަލައިގައި ދިވެހިންގެ ހައްޤުތައް ކަށަވަރުކުރުމަށް ސިޔާސީ ޕާޓީތަކާއި، ފަންނީ ބޭފުޅުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް އެމްއާރުއެމް އޮތީ ތައްޔާރަށްކަމަށް ނާދިރާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ