ހޯމް މިނިސްޓަރު އިމްރާނު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
04 May 2023 | 17:38
ޑރ މުނައްވަރު ވިދާޅުވަނީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއްކަން ސާފު: އިމްރާނު

ޗާގޯސް މައްސަލައާއި ގުޅިގެން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ދައްކަވަމުން ދަނީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއް ކަމަށް ދާޚިލީ ވަޒީރު އަދި ސަރުކާރު ކޯލިޝަން ޕާޓުނަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، އެކަމާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. 

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅިގެން ގިނަ ސިޔާސީ ޕާޓީތަކުންނާއި ފަންނީ ބޭބޭފުޅުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދަކީ ކަނޑުތަކާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން 200 ނޮޓިކަލް މޭލު ކަނޑައަޅާ ކަނޑުގެ ޗާޓު ކުރަހާ އެ ކުރެހުންތައް އދ އަށް ވެސް ހުށައަޅާފައިވާ ކަމަށެވެ. 

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މި މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ މޮރިޝަސްގެ ސިޔާދަތު ރާއްޖެއިން ގަބޫލުކޮށް އެ މައްސަލައިގައި ދިވެހިން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ސްޓޭންޑް ދޫކޮށްލުމުން ކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

އެގޮތުން ޗާގޯސް އަކީ މިހާރުވެސް މިލިޓަރީ ބޭހަކަށް ވެފައި އެތަނުގައި ހަރަކާތްތެރިވަނީ އިނގިރޭސިން ކަމަށް ވާއިރު، ޗާގޯސްގެ ސިޔާދަތު އޮތީ ކޮން ބަޔަކަށްތޯ އަދި އޮތީ ކަނޑަނޭޅިކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. އޭގެ އިތުރުން ޑރ މުނައްވަރު ވިދާޅުވީ ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއްކަމަށް ދިވެހި ސަރުކާރުތަކުން ދައުވާކޮށްފައި ނެތްކަމަށް ބުނާ ވާހަކައަކީ ހަޤީގަތެއް ކަމަށެވެ. 

އެހެން ނަމަވެސް އިން ވަކި ކުރުމުގެ މައްސަލައިގައި ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ތޯ ނުވަތަ އިނގިރޭސިންގެ ތަނެއްތޯ ބަލާކަށް ނުޖެހޭނެ ކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފުށުއަރާ އެއްވެސް އިތުރު ގައުމެއް ދެކުނުން 200 ނޮޓިކަލް މޭލު ސަރަހައްދުގައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސްޓޭންޑު ސަރުކާރުން ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލެން މެދުވެރިވި ސަބަބުކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ޑރ މުނައްވަރުގެ އެ ވާހަކަތަކަށްފަހު ޗާގޯސްގެ މިލްކުވެރިކަމަށް ދިވެހިރާއްޖެއިން ދައުވާކޮށްފައި ނުވާކަމަށް ޑރ މުނައްވަރު ވިދާޅުވި ވާހަކަ ބައެއް ނޫސްތަކުން ރިޕޯޓުކޮށް، އެހެން ވިދާޅުވި މަފްހޫމު އޮޅޭގޮތަށް ރިޕޯޓުކޮށްފައި ވެއެވެ. 

އެކަމާއި ގުޅިގެން އިމްރާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ޑރ މުނައްވަރަށް ވިދާޅުވާން ކެރިވަޑައި ނުގަތުމަކީ އެ މައްސަލައިގައި ޑރ މުނައްވަރު ވިދާޅުވަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ހުސް ވާހަކަތަކެއްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. 

"ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ޑރ މުނައްވަރަށް ވިދާޅުވާން ކެރިވަޑައި ނުގެންނެވުމުން މި ހުރިހާ ދުވަހު ވިދާޅުވީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއްކަން މިއަދު ވަރަށް ސާފުކޮށް ހާމަވޭ"

ހޯމް މިނިސްޓަރު އިމްރާނު 

ޗާގޯސް މައްސަލައިގައި ސަރުކާރު ކޯލިޝަންގައި ތިބި ބައެއް ސިޔާސީ ޕާޓީތައްވެސް ހިމެނޭހެން ބޭއްވި ޕްރެސް ކޮންފަރެންސްއަށް ފަހު އެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތް ދިފާއު ކުރެއްވުމަށް ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭބޭފުޅުންވެސް ވަނީ ޑިފެންސަށް ފައިބައި ވަޑައިގަންނަވާފަ އެވެ. 

އަދި އެ ކޮންފަރެންސްއަށް ފަހު ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަޝްރަހު ވެސް ވަނީ ހޫނުވެގެން ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.