އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވޭނެ ފަރާތްތައް އިއުލާނުކޮށްފި

04 Feb 2019 | 12:51

އުރީދޫ މޯލްޑިވްސްއިން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވޭނެ ފަރާތްތައް އިއުލާނުކޮށްފިއެވެ. 

އެ ކުންފުނިން ނެރިފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، އުރީދޫ މޯލްޑިވްސް އިން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައި ކަމަށެވެ. މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށްވެސް އަހަރީ އާންމު ޖަލަސާއަށް ހާޒިރުވެވަޑައިގެންނެވޭނެ ކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 15 ފެބްރުއަރީ 2019 ވާ ހުކުރު ދުވަސް ނިމުމުގެ ކުރިން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރާނެ ކަމާއި، އަދި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. 

Advertisement

ކޮމެންޓް