މާލޭ ސިޓީގެ މޭޔަރު ޑރ މުއިއްޒު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
05 May 2023 | 15:02
އާސަހަރާގައި އަންހެނުން ނަމާދުކުރާ ބައި ބޮޑުކުރަނީ

އާސަހަރާގައި އަންހެނުން ނަމާދުކުރާ ބައި ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ  އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

ސިޓީ ކައުންސިލްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާއްމުކޮށް މާލޭގައި ބޭނުންކުރާ ސަހަރާއަކީ އާސަހަރާ ކަމަށް ވެފައި، އެތަން އޮންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށެވެ. އެހެންކަމުން ސަހަރާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަން ސިޓީ ކައުންސިލުން ނިންމީ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަހަރާގައި މަޑުކޮށްލާނެ ތަނެއް ނެތުމުން އާއިލާތައް ތިބެން ޖެހެނީ ގާފޮޅުމަތީގައާއި ފާރުގައި ލެނގިގެން ނުވަތަ މަގުމަތީގައި ކަމަށެވެ.

އާއިލާއާއެކު ހަމަޖެހިލައިގެން ތިބެނޭނެ ގޮތެއް އާސަހަރާގައި ނެތް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"އެ ސަހަރާގަ، އެއްކަމަކަށް، އަންހެން ބޭފުޅުން ނަމާދު ކުރާ ޖާގަ ވަރަށް ކުޑަވާނެ. އަމުދުން ތަންކޮޅެއް ގިނަ ބޭފުޅުން ޒިޔާރަތް ކުރާ ކަހަލަ ވަގުތު ވަގުތުތަކުގަ ހަމަ ވަރަށް ބޮޑަށް ކުޑަކަން ފާހަގަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އަންހެން ބޭފުޅުންނަށް ނަމާދުގަ ބައިވެރިވުމަށް ޖާގަ އިތުރު ކުރުމަށާ އަދި ޖުމްލަކޮށް ފިރިހެން ބޭފުޅުންނަށް ވެސް ހަމަ މިސްކިތުގެ ޖާގަ އިތުރުކުރަން" މުއިއްޒު ވިިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ސަހަރާގެ މަސައްކަތް ނިމޭއިރު އާއިލާތައް މަޑުކޮށްލައިގެން ތިބުމަށް ބޮޑުކޮށް ތަނެއް ހަދާނެ ކަމަށާއި އެތަނުގައި އޭސީލައި ސޯފާ ބަހައްޓާނެ ކަމަށެެވެ.

އަދި ކުދި އާއިލާތަކަށް ހާއްސަކޮށްގެން ކުދި ދެ ވެއިޓިން ރޫމެއް ހަދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ