ޕޯސްޓަރ--ޕީސް ފައުންޑޭޝަން
ހަބަރު
06 May 2023 | 15:27
ޝައިޚުންނާއެކު ޕިކްނިކް ދަތުރެއް އަޅާލަން ބޭނުންތަ؟

ޕީސް ފައުންޑޭޝަނުން މުޅިން އަލަށް ފަށާ ޕްރޮގްރާމް "ޕިކްނިކް ވިތް ޝުޔޫޚް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

“ޕިކްނިކް ވިތް ޝުޔޫޚް" އަކީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނާއެކު ދުވަހެއް ހޭދަކޮށްލުމަށްޓަކައި ޢާންމުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

ޕީސް ފައުންޑޭޝަން އިން ބުނީ، ކުޑަގިރި ޕިކްނިކް އައިލަންޑުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ދަތުރުގައި ތަފާތު އެކިއެކި ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް އެކުލެވޭނެ ކަމަށެވެ. މީގެ އިތުރުން ތަފާތު އެކިއެކި ހުނަރުތަކާއި އަދި ދީނީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ދަތުރުގައި މިފަހަރު ބައިވެރިވާން ހަމަޖެހިފައިވަނީ އައްޝައިޚް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި އައްޝައިޚް ނިމާލް މުޙައްމަދާއި އައްޝައިޚް މުޙަމަދު މަންޞޫރު އާދަމާއި އައްޝައިޚް ޝުޢައިބް ނާޡިމެވެ. މި 4 ބޭފުޅުންނަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ފޯރުކޮށްދެއްވުމުގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަމުން އަންނަ ބޭފުޅުންތަކެކެވެ.

13 މެއި ގައި ކުރިޔަށްދާ މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ 16 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށެވެ. އަދި މި ދަތުރުގައި ބައިވެރިވުމުގެ ފީ އަކީ -/350 ރުފިޔާއެވެ.

މި ދަތުރުގައި ބައިވެރިވުމަށްޓަކައި ( https://forms.gle/QFcuqbKYrUWaWZRC9 ) މި ލިންކުގައިވާ ފޯމް ފުރާލުމުން މި ދަތުރުގައި ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9552949 މި ނަންބަރަށް ގުޅާލުމަށްވެސް ޕީސް ފައުންޑޭޝަން އިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.