މަޑުއްވަރީ ސްކޫލްގެ 2021-2022 ގެ ހުރިހާ ގޮތަކުން އެންމެ މޮލު ދަރިވަރު ޒާޝާ އަށް އިނާމު ހަވާލުކުރެވެނީ
ހަބަރު
06 May 2023 | 16:18
މަޑުއްވަރީ ސްކޫލްގެ 2022 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޒާޝާ

ރ މަޑުއްވަރީ ސްކޫލްގެ 2022 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާއިޝަތު ޒާޝާ ޝުކުރީ ހޮވިއްޖެއެވެ.

ރޭ ރ މަޑުއްވަރީ ސްކޫލް ހޯލުގައި ބޭއްވުނު 2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ އެމަދަރުސާގެ ދަރިވަރުންގެ ތެރެއިން 2022 ވަނަ އަހަރު އެކި އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. 

އެގޮތުން 2022 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒާޝާ ވަނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން މުޅި ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދައިފައެވެ. ޒާޝާ ވަނީ އިސްލާމް، ދިވެހި އިނގިރޭސި، ހިސާބު އަދި ފިޒިކްސް އިން ޑިސްޓިންްޝަން ހޯދައިފައެވެ. 

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒާޝާ

ރޭގެ ޖަލްސާގައި 2021-2022 ގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 10 ދަރިވަރުބް އިޢްލާނުކޮށް އެދަރިވަރުންނަށް ވެސް އިނާމު ދިފައިވެއެވެ.

މަޑުއްވަރީ ސްކޫލްގެ 2021- 2022 ގެ ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން

ހުރިހަ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒާޝާ ވަނީ 2021-2022 ވަނަ އަހަރު މަޑުއްވަރީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ގާރލް ގައިޑް ކަންވެސް ހޯދައިފައެވެ. 

2021-2022 ވަނަ އަހަރު މަޑުއްވަރީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމް މޮޅު ސްކައުޓަކީ އަހްމަދު ރައުޝީން ރަމީޒެވެ. 

ރޭގައި ބޭއްވުނު މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރަން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވާފައިވަނީ ކިނޮޅަހު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ވަސީމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.