ޢަބްދުލްޙަމީދު ޢަލީދީދީ
ހަބަރު
07 May 2023 | 11:25
ފުވައްމުލަކު ސްކޫލްގެ ބާނީ ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެ

ފުވައްމުލަކު ސްކޫލްގެ ބާނީ އަދި އެސްކޫލްގެ ކުރީގެ ނާޒިރު ފުވައްމުލަކު ދޫޑިގަން، ލައިޓް ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެއެވެ.

ފުވައްމުލަކު ސްކޫލްގެ ބާނީ، ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވުމާއި ގުޅިގެން ފުވައްމުލަކަށް އުފަން، ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢަބްދުލްޙަމީދަކީ އެމަނިކުފާނު ގެވެސް އުސްތާޛެއް ކަމަށެވެ. އަދި އަބްދުލް ހަމީދު އަލި ދީދީއަކީ ރަށުގެ ތަޢުލީމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ހަމީދު ބޭބޭގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި." ނާއިބު ރައީސް ކުރެއްވި ޓުވީޓުގައި ދުޢާ ކުރައްވާފައި ވެއެވެ. 

ޢަބްދުލްޙަމީދު ޢަލީދީދީ ވަނީ ފުވައްމުލަކު ދަރިވަރުންނަށް ތަޢުލީމް ދެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން ފުވައްމުލަކުގައި އަމިއްލައަށް ސްކޫލެއް ބިނާކުރައްވައި "މަކުތަބުއްނޫރާނިއްޔާ"ގެ ނަމުގައި 1969ވަނަ އަހަރު ސްކޫލެއް ރަޖިސްޓްރީ ކުރެއްވިއެވެ. އޭގެ ފަހުން ސްކޫލްގެ ނަން "ފުވައްމުލަކު މަކުތަބު"ގެ ނަމަށް ބަދަލުކުރެއްވިއެވެ. އޭގެ ފަހުން ސްކޫލަށް އައި ޢުމްރާނީ ތަރައްޤީއާއެކު 1989ވަނަ އަހަރު އެސްކޫލްގެ ނަން "ފުވައްމުލަކު ސްކޫލް"ގެ ބަދަލުކުރައްވައި 1992 ވަނަ އަހަރު ޕްރައިމަރީ ފެންވަރަށް ހިންގާ ސަރުކާރުގެ ސްކޫލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާ ހަމައަށްވެސް ޢަބްދުލްޙަމީދު ޢަލީދީދީ ވަނީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައި އަމިއްލައަށް ހުރިހާ ކަމެއް ކުރައްވައިގެން އެސްކޫލް ހިންގަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.