މުހައްމަދު އިސްމާއިލް-- ފޮޓޯ/ ވޮއިސް
ހަބަރު
07 May 2023 | 14:01
ޢިމްރާންގެ ޝަރީޢަތުގެ ވަގުތު އެބަ ކައިރިވޭ: މުހައްމަދު އިސްމާއިލް

ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރާ ދުވަސް ކައިރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލަ ހޫނުކޮށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަންއުޅޭ މީހުން ގިނަވާން ފަށައިފި ކަމަށް ޢިމްރާން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލައިގެން އިމްރާން ބޭނުންވެވަޑައިގަންނަވަނީ ޕީޕީއެމްގެ ޓިކެޓް ކަމަށެވެ. އަދި އެއީ ޕީޕީއެމް އަކީ ވަރުގަދަ ތަރައްޤީގެ ޕާޓީއަކަށް ވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއާއެކު މުހައްމަދު ވިދާޅުވީ ޢިމްރާން ކިތަންމެ ބޭނުންވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށެވެ. 

"ޕީޕީއެމުން ކުރާނީ އިމްރާނުގެ ޝަރީއަތް. ވަގުތު އެބަ ކައިރިވޭ." މުހައްމަދު ވިދާޅުވި އެވެ. 

ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީީއެމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމަށް ފާޑުވިދާޅުވެ، ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ ހޫނު ކުރުމަށް އެންމެ ގަދަޔަށް ވާހަކަ ދައްކަވާ، އެކަމުގައި އެންމެ ކުރީ ސަފުގައި މުޒާހަރާކުރާ، ބޭފުޅަކަށް ކަމަށް ގަބޫލުކޮށް، އެކަމަށް ފައި ނަންގަވާ ބޭފުޅުން ގިނަވާކަން ފާހަގަވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.