ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
09 May 2023 | 11:34
ޔޫތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑު އެޅުން ނޫންކަން ސާބިތުކޮށްދެވިއްޖެ: މަހުލޫފް

ޔޫތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސެލް ދަނޑު އެޅުން ނޫން ކަން ސާބިތުކޮށްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ މަސައްކަތަކީ ހަމައެކަނި ފުޓްސަލް ދަނޑުތައް އެޅުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާ ކަމަށް ވިދާޅުވިއެވެ.

އެހެންމަވެސްޔޫތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑު އެޅުން ނޫންކަން ސާބިތުކޮށްދެވިފައިވާ ކަމަށާ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ އާޓް ފެސްޓިވަލް މި ސަރުކާރުން ބޭއްވުމުން އެނގެނީ ކުރިން އަޅާ ނުލާ ވަރަށް އާޓިސްޓުންނަށް މި ސަރުކާރުން އަޅާލާކަންކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިތާ އިހްތިފާލް ކުރަމުންދަނީ، މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް އާޓިސްޓުންގެ ފެސްޓިވަލް. މީގެން މި ދައްކުވައިދެނީ މީގެ ކުރިން ސަމާލުކަމެއް ނުދެވި އޮތް ކަމަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން މިދާއިރާގެ ފަންނުވެރިންނަަށް އެހީތެރިކަމާއި އެއްބާރުލުންދީގެން ކުރިއަށް ގެންދަން މަސައްކަތް ކުރަންބޭނުންވާކަން."

އަހުމަދު މަހްލޫފް 

މަހްލޫފް ވިދާޅުވީ އަދިވެސް އާޓިސްޓުން ބޭނުންވާ ހިސާބަށް އެ ފަންނާނުންގެ ކަންކަން ނުގެންދެވޭ ކަމަށެވެ. އަދި ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލަކީ އާޓިސްޓުންގެ ކުރިއެރުމަށް އޮތް ފެށުމެއް ކަމަށާ، އެ ފެސްޓިވަލާއެކު ޤާއިމްވާ ބްރިޖުގެ އެހީގައި ފަންނާނުންގެ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މަހްލޫފް ވިދާޅުވީ އެފަދަ ކަންކަމަށް މިނިސްޓްރީގެ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމަށެވެ.

ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ފަށާފައިވަނީ 8 ގައުމަކުން 80އަށްވުރެ ގިނަ ފަންނުވެރިންނާއެކުއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މެއިމަހުގެ 8ން 13އަށް، ސޯޝަލްސެންޓަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.