ޚާންޖީ ރެސްޓޯރެންޓުގެ ކައްކާ މުޙައްމަދު އާބިދު-- ފޮޓޯ/ ދައުރު
ހަބަރު
09 May 2023 | 13:09
ވެއިޓަރު މަރާލި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ފަސްކޮށްފި

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި 16 އޭޕްރިލް، 2022ގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝް ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު، 26، ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް އެ ދުވަހުގެ ރޭ ދަންވަރު، ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ. 

ދައުލަތުން އާބިދުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. 

މި މައްސަލާގެ މީގެ ކުރިން އޮތް އަޑުއެހުމުގައި އާބިދުގެ ވަކީލު ވަނީ އާބިދު އާއި ވެއިޓަރާައި ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރޭގައި ބޮލަށް ހަމަލާއެއް ލިބުމުން އާބިދު ހުރީ "ބުރާންތި"ވެފައި ކަމަށާ، އާބިދު މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ދިފާއުގައި ކަމަށް ބުނެފައެވެ. އަދި ހަމަނުޖެހުމުގެ ތެރޭގައި ވަޅި ހޫރި އިރު އެއީ ވަޅިއެއް ކަމެއް ވެސް އޭނާއަށް ޔަގީން ނުވާ ކަމަށާ، އެހެންކަމުން، ގަސްތުގައި ޝަމީމް މަރާލާފައި ނުވާނެ ކަމަށް ބުނެ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. 

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ހެކިންގެ ހެކިބަސް ނަގާ ނިންމާލާފައިވާއިރު މިއަދުގެ އަޑުއެހުމެއްގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން އިއްވުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ވަނީ ދައުލަތާއި ދިފާއުގެ އެދުމުގެ މަތިން ކެންސަލްކޮށްފައި ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

މައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން ހުށަހެޅުމަށްފަހު ދެން އޮންނާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.