އިންޓަ މިލާންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
11 May 2023 | 07:28
ފުރަތަަމަ ލެގުގައި އޭސީ މިލާން ބަލިކޮށް އިންޓަ މިލާނުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އިންޓަ މިލާނުން 2-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށް، ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ރޭ ކުޅުނު ފުރަތަމަ ލެގުގެ ނަތީޖާއާ އެކު، އަންނަ އަންގާރަދުވަހުގެ ރޭ ކުޅޭ ދެ ވަނަ ލެގުން މިލާނާ އެއްވަރުކޮށްލައިގެން، ނޫނީ އެއް ގޯލުގެ ފަރަގުން ބަލިވިއަސް އިންޓައަށް ފައިނަލުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިންޓަ މިލާން އެންމެ ފަހުން ޗެމްޕިއަންސްލީގުގެ ފައިނަލުގައި ކުޅެފައިވަނީ 2010 ވަނަ އަހަރުގައެވެ. އެފަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ފަހުން، އިޓަލީގެ ޓީމަކަށް މުބާރާތުގެ ފައިނަލާއި ހަމައަށް ދެވިފައި ވަނީ ޔުވެންޓަސް އަށް އެކަނިއެވެ. އެޓީމު ވަނީ 2015 އަދި 2017 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި ކުޅެ ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ. 

އިޓަލީގެ މިލާނަށް ނިސްބަތްވާ މިދެޓީމުގެ މެޗުތައް ވެސް ކުޅެނީ މިލާންގެ ސަންސީރޯގައެވެ. ރޭގައި ކުޅެވުނީ އޭސީ މިލާނުގެ ހޯމް މެޗެވެ. ރޭގެ މެޗު ބެލުމަށްޓަކައި 75,532 ސަޕޯޓަރުން ދަނޑަށް ވަން އިރު، މެޗުގެ ފުރަތަމަ 11 މިނިޓް ތެރޭގައި އިންޓަ މިލާން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

އިންޓަގެ ފުރަތަމަ ލަނޑު މެޗު އަށް ވަނަ މިނިޓްގައި އެޑިން ޖެކޯ ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އެޑިން ޖެކޯ އެވެ. މިއީ އެޓީމުގެ ތުރުކީ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އޭރިއާތެރޭގައި ހުރެފައި، ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ

އިންޓަގެ ލީޑު ފުޅާކޮށްދިނީ 11 ވަނަ މިނެޓުގައި އެޓީމުގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ. މިއީ އެޓީމުގެ އިޓަލީ ޑިފެންޑަރު ފެޑެރީކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިންޓަ އިން މެޗުގެ 15 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭސީ މިލާނުގެ ޕެނަލްޓީ އޭރިއާބޭރުން ޗަނޮނޮގްލޫ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ޖެހިގެން އައި މިނެޓުގައި އޭސީ މިލާނުގެ ޕެނަލްޓީ އޭރިއާ ތެެރެއިން މިކިތާރްޔަން އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ މިލާންގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

އަނިޔާގެ ސަބަބުން އޭސީ މިލާނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރަފައެލް ލެއާއޯ އާއި ނުލައި އެޓީމުން ކުޅެން ޖެހުނު މި މެޗުގެ ފުރަތަަމަ ހާފުގައި އިންޓަ މިލާންގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަަނަ ހާފުގައި އޭސީ މިލާނުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މި ގޮތުން، ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ބްރަހިމް ޑިއާޒް ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު، ކައުންޓަ އެޓޭކެއްގައި މެޗުގެ 50 ވަަނަ މިނިޓްގައި އެޓީމުގެ ޖޫނިއާ މެސިއަސް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރުންނެވެ. އަދި 63 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރީގައި ހުރެފައި، ސަންޑްރޯ ޓޮނާލީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. 

ދެވަނަ ހާފުގައި އިންޓަގެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތުތަކުގައި ޖެކޯ އަދި މިކިތާރްޔަން ފޮނުވާލި ހަމަލާތައް މިލާންގެ ގޯލު ކީޕަރު މައިކް މައިގްނަން ވަނީ ދިފާއުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.