ގެއްލިގެން ހޯދަމުންދާ ޖަންބޯ ދޯނި/ ފޮޓޯ: އެމްއެންޑީއެފް
ހަބަރު
12 May 2023 | 12:34
ގެއްލުނު ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

އިއްޔެ ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން އެ ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ  އެ ދެ މީހުން ލޯންޗަކަށް ނަގާފައިވާކަމަށާއި، މީހުންގެ ހާލު ރަނގަޅުކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔަ "ޖަންބޯ" ދޯންޏަކީ، ކ.ގާފަރުން މުދާ ބަރުކޮށްގެން ބ.ދަރަވަންދުއަށް ދަތުރުކުރި ދޯންޏެކެވެ.

އެ ދޯނި ގާފަރަށް ދިޔައީ، މާލެއިން މުދާ އަރުވައިގެންނެވެ. ދޯނިން ދަތުރުކުރި މީހުން ސަލާމަތްކުރި ނަމަވެސް، ދޯންޏާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން ޙިއްސާކޮށްފައެއް ނުވެއެވެ.

މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:03 ހާއިރުއެވެ.

ދޯނީ ޚަބަރެއް އެންމެ ފަހުންވީ، އިއްޔެ މެންދުރު ކުރި 11:35 ހާއިރުއެވެ. މެންދުރު 13:30 ހާއިރު، އެ ދޯންޏާ ވައްތަރު ދޯންޏެއް ކާށިދޫ ހުޅަނގުން ފެނުނުކަމަށް ރިޕޯޓްލިބުނުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

"ޖަންބޯ" ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ މުދާ އުފުލާ ދޯންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ