ގެއްލިގެން ހޯދަމުންދާ ޖަންބޯ ދޯނި/ ފޮޓޯ: އެމްއެންޑީއެފް
ހަބަރު
12 May 2023 | 15:49
ގެއްލުނު "ޖަމްބޯ" ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ބުނެފި

ޚަބަރެއް ނުވެގެން ހޯދަމުން އައި "ޖަންބޯ" ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ފަޅުވެރިން މައުލޫމާތުދޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

އިއްޔެ ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން އެ ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށް، ލޯންޗަކަށް ނަގާފައިވާކަމަށާއި ކަމަށް އެމްއެންޑީއެފްއިން މިއަދު ވަނީ ބުނެފައެވެ. 

އެކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން އެމްއެންޑީއެފްއިން ބުނީ، ކަނޑުމަތިން ނެގި މީހުން، ގެއްލުނު ޖަންބޯ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމީހުންނެގި ލޯންޗުގެ ކެޕްޓަނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

"ލޯންޗުންނެގި މީހުން މިހާރު އެހެން ދޯންޏެއްގައި މާލެއަށް ދަތުރުކުރަނީ. އިތުރު ތަފްޞީލްތައް ލިބޭނީ ހަވީރު 16:30 ހާއިރު މިމީހުން މާލެ އައުމުން." އެމްއެންޑީއެފް އިން ބުނެފައިވެއެވެ. 

މިއާއެކު އެމްއެންޑީއެފްއިން ބުނީ, ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ހަރަކާތްތެރިވަމުންދާ ކަމަށާއި، މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓް ވެސް މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

ގެއްލިގެން ހޯދަމުން ދިޔަ "ޖަންބޯ" ދޯންޏަކީ، ކ.ގާފަރުން މުދާ ބަރުކޮށްގެން ބ.ދަރަވަންދުއަށް ދަތުރުކުރި ދޯންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.