ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ/ ފޮޓޯ: އަވަސް
ހަބަރު
13 May 2023 | 14:39
ވެރިކަމަކީ އިމްތިހާނެއް، އެއީ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫން: އިމްރާނު

ވެރިކަމަކީ ކުރިމަތިކުރުވާ އިމްތިހާނެއް ކަމަށް ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގެ ހިއްސާދަރެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله ސިފަކުރައްވައިފި އެވެ. 

ޓްވީޓާގައި އަބަދުވެސް މާނަފުން ވާހަކަތަކެއް ވިދާޅުވަމުން ގެންދަވާ އިމްރާނު ވެރިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ހަމަ ބޭނުންވާ އިރަށް މީހަކަށް ލިބޭ އެއްޗެއް ނޫން ކަމަށެވެ. 

އޭގެ ބަދަލުގައި ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރުމަށް މާތްالله ދެއްވާ އެއްޗެއްކަމަށް އޭނާ ވިދާޅުވި އެވެ. 

"ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫން. ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރުމަށް މާތްالله ދެއްވާ އެއްޗެއް"

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله

އިމްރާނުގެ މި މާނަފުން ޓްވީޓަށްވެސް ގިނަ ބަޔަކު ވަނީ ރައްދުދީފަ އެވެ. 

އެގޮތުން ރައްދުދިން މީހަކު ބުނީ އިމްރާނަށް އެކަން ރަނގަޅަށް ވިސްނި ވަޑައިގެން ނަމަވެސް އިމްރާނު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ވެރިންގެ ވެރިކަން ވައްޓާލުމަށް ބޮޑެތި ދޮގުތަކެއް ހަދާފައިވާ ކަމަށާއި، އެފަދަ ވެރިންގެ އަބުރު ކަތިލުމަށް އިސްކޮށް ހުންނަވާ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަން އިމްރާނު ހަނދުމަފުޅު ނެތީތީ ހިތާމަ ކުރާ ކަމަށެވެ. 

އިތުރު މީހަކު ބުނީ އިމްރާނު މިއަދު ތާއީދު ކުރާ ވެރިމީހާ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފެއިލުވެފައިވާ ކަމަށެވެ. 

ވެރިކަމަކީ މާތްالله ކުރިމަތިކުރުވާ އިމްތިހާނެއްކަމަށް އިމްރާނު ސިފަކުރައްވާފައިވާއިރު، މި ވެރިކަން ހިމާޔަތް ކުރުމަށް އިމްރާނާއި އޭނާއަށް ތާއީދުކުރާ އަދާލަތު ޕާޓީގެ އެކްޓިވިސްޓުން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

އެގޮތުން މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ކުރެއްވި ފަދަ ވެރިކަމެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް އިމްރާނު ވަނީ ސިފަކުރައްވާފަ އެވެ. 

އޭގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ ޞާލިހާއެކު މަސައްކަތް ކުރަން ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ