ތޮއްޑޫ މަތިން ފެންނަ ގޮތުގެ ފޮޓޯއެއް/ ފޮޓޯ: އިންޓާނެޓު
ހަބަރު
14 May 2023 | 16:35
ތޮއްޑޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފި

އއ. ތޮއްޑޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފިއެވެ.

ތޮއްޑޫއިން ދޫކުރަން ހަމަޖެހިފައި ވަނީ 100 ގޯއްޗެވެ. އެ ގޯތިތަކަށް 524 މީހުން ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 504 މީހުންގެ ޝަރުތު ހަމަވެއެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ މެދުގައި ގުރުނެގުން އޮންނާނީ މާރދަމާރޭގައެވެ.

ތޮއްޑޫއިން 100 ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމި ނިންމުން މަޑުޖައްސާލާ، ގޯތި ދޫނުކުރުމަށް ތޮއްޑޫ ކައުންސިލްގެ މައްޗަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން އަމުރެއް ނެރުނެވެ.

އެއީ ވަގުތީ ލިސްޓުގައި ނަން ނުހިމެނޭ ހަތަރު މީހަކު ކޯޓަށް ހުށަހެޅުމުންނެވެ.

ކައުންސިލާއި ދެކޮޅަށް މައްސަލަ ހުށައެޅި ފަރާތްތައް ބުނެފައިވަނީ، ގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލި އުސޫލުތައްވެސް ގޯސްކަމަށެވެ. އަދި ލިސްޓު އެކުލަވާލިއިރު މާކްސް ދީފައިވަނީވެސް އިންސާފުވެރިކޮށް ނޫންކަމަށް އެ ފަރާތްތައް ވަނީ ތުހުމަތުކޮށްފަ އެވެ. 

މައްސަލަ ހުށައެޅި ފަރާތްތަކުން ވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލުމުގެ އަމުރަކަށްވެސް އެދިފައެވެ.

އެއާއެކު ތޮއްޑޫ މެޖިސްޓްރޭޓު ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މައުލޫއީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ލިބޭ މީހުންގެ ލިސްޓަށް އަމަލު ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާކަމަށެވެ. 

މެޖިސްޓްރޭޓު ކޯޓުގެ އެ އަމުރުގައި ބުނެފައިވަނީ ކައުންސިލުން ގޯތި ދޫކުރާ ފަހުން މި މައްސަލަ ދައުވާ ކުރާ ހަތަރު މީހުންނާ އެއްކޮޅަށް ނިމިއްޖެނަމަ އެމީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ.

ކޯޓު އަމުރާ އެއްގޮތަށް ރަށު ކައުންސިލުން ވަނީ ލިސްޓު އަލުން އިވެލުއޭޓް ކޮށްފައެވެ.

ތޮއްޑޫން އެންމެ ފަހުން ގޯތި ދޫކުރި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ގައި ވެސް ގޯތި ދޭން އިއުލާނު ކުރި އެވެ. ނަމަވެސް މައްސަލަތަކެއް ފާހަގަ ކުރެވުމާއި ގުޅިގެން އެފަހަރުވެސް ވަނީ ގޯތި ދޫކުރުމުގެ މަޝްރޫއު ހުއްޓާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ