އިނގުރައިދޫ ސްޚޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އިނާމު ހަވާލު ކުރަނީ -- ފޮޓޯ/ އިނގުރައިދޫ ސްކޫލް
ހަބަރު
14 May 2023 | 21:39
އިނގުރައިދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހައިސަމް

ރ. އިނގުރައިދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އެރަށު ވެސްޓްހައުސް، އަހުމަދު ހައިސަމް ހޮވިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ އިނގުރައިދޫ ސްކޫލުގައި ބޭއްވި، 2022- 2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާސަނަލް ސެކެއްޓްރީ އަހުމަދު ޢަލީއެވެ. އަދި ޖަލްސާގެ މެހެމާނެއްގެ ގޮތުން އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރ މޫސާ ޢަލިމަނިކު ބައިވެރިވަޑައިގެންނެވެ.

އެލްކޭޖީ އިން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ އިނގުރައިދޫ ސްކޫލުގައި ޖުމުލަ 353 ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ.

އިނގުރައިދޫ ސްކޫލުން މިދިޔަ އަހަރު އޯލެވެލް ނިންމި ކުދިންގެ ތެރެއިން އައިމިނަތު މައިސަމް ވަނީ 2022 ވަނަ އަހަރު ބޭއްވުނު އޯލެވެސް އިމްތިހާނުން 4 އޭ ސްޓާ އާއި 3 އޭފާސް އަދި، 1 ބީސްފާސް ހޯދައި ރާއްޖޭގެ އެންމެ ގަދަ 10 ދަރިވަރުންގެ ތެރެއިން 6 ވަނާގައި ހިމެނިފައެވެ.

ބެސްޓް އޯލް ރައުންޑަށް ހޮވުނު އަހުމަދު ހައިސަމްވަނީ ވަނީ 2022 ވަނައަހަރު ބޭއްވުނު އޯލެވެލް އިމްތިޙާނުން 7 އޭ ސްޓާއާއި 1 ބީ ފާސް ހޯދައި ރާއްޖޭގެ އެންމެ ގަދަ 10 ދަރިވަރުންގެ ތެރެއިން 3 ވަނަގައި ހިމެނިފައެވެ.

އިނގުރައިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އިނގުރައިދޫ ސްކޫލް

އިނގުރައިދޫ ސްކޫލުން ބުނި ގޮތުގައި ހައިސަމް އަކީ ދީނީ ކަންތައްތަކަށް ފަރުވާތެރިވާ، ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއްވި އަދި މައިންބަފައިންގެ ބަސްއަހައި މުދައްރިސުންނަށް އިޙްތިރާމްކުރާ ހީވާގި މުރާލި ދަރިވަރެއް ކަމަށެވެ.

ހައިސަމަކީ ކެތްތެރިކަމާ މަޑުމައިތިރިކަމާއެކު ކަންތަކާއި ކުރިމަތިލައި މީހުންނަށް އަދަބު އިޙުތިރާމް އަދާކުރި ހިތްހެޔޮ ނަމޫނާ ދަރިވަރެއް. ވާހަކަ ދެއްކުމުގައި ހުންނަ މަޑުމައިތިރި ކަމާއި  މީހުންނާއި ބައްދަލުވާހިދު ހުންނަ ހިނިތުންވުމަކީ ހައިސަމުގެ ރިވެތި އަޚްލާޤު އިތުރަށް ޒީނަތްތެރިކުރުވި މައިގަޑު އެއް ސަބަބު. އެހެން މީހުންގެ އިޙުސާސްތައް ދަންނަ މިދަރިވަރަކީ  ހުރިހާ ކުދިންނާއި ވެސް ގުޅިގެން މަސައްކަތްކުރި ދަރިވަރެއް." އިނގުރައިދޫ ސްކޫލުން ބުންޏެވެ.

އިނގުރައިދޫ ސްކޫލުން ބުނީ، ހައިސަމް އަކީ ތަޢުލީމީގޮތުން މޮޅު ދަރިވަރެއްގެ އިތުރުން، ރީތިކޮށްކުރަހައި ކުޅިވަރު ދަނޑުތަކުގައިވެސް ހަރަކާތްތެރިވި ހުނަރުވެރި ދަރިވަރެއްގެ ކަމަށެވެ.

ވަގުތަށް ކަމޭހިތައިގެން ބަރާބަރަށް ކްލާސްތަކަށް ހާޒިރުވި ހައިސަމްއާ ގުޅޭގޮތުން މުދައްރިސުން އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާކަމަށް އިނގުރައިދޫ ސްކޫލުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ