ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ދެން
ހަބަރު
15 May 2023 | 08:04
ދެން އަންނަ ވެރިކަމެއްގައި ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދާނެ: އުމަރު ނަސީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމި ދެން އުފެދޭ ވެރިކަމެއްގައި މި ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ހޯދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް އެކުގައި މަސައްކަތް ކުރަން ބޭނުންވާ ބޭފުޅުން ވަނީ "ކަނޑު ވިއްކުމާއި ދެކޮޅު" އިއްތިހާދުގެ ގޮތުގައި އިއްތިހާދެއް އެކުލަވާލައްވާފަ އެވެ. 

އެ އިއްތިހާދުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތުގެ މައްސަލައާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. 

ފޯޅަވަހީގެ ސިޔާދަތުގެ މައްސަލަ ޗާގޯސް ޑީކޮލޮނައިޒޭޝަނާއި ހަމައިން ސާފުވެގެންދާނެ ކަމަށާއި، މިހާތަނަށް ދިވެހި ދައުލަތްތަކުން ދަމަހައްޓަމުން އައި ސްޓޭންޑަކީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ބުނެ ނަގާފައިވާ ސްޓޭންޑުކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެ ވާހަކަތަކާއި ގުޅުވާ އުމަރު ނަސީރު ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީތަކާއި، ފަންނީ ބޭފުޅުން ގުޅިގެން އެކުލަވާލި އިއްތިހާދުގެ ކަންބޮޑުވުމަކީ ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔުމުގެ ކަންބޮޑުވުން ކަމަށެވެ.

އެ ބޭފުޅުން އިއްތިފާގުވާ ކަމަކީ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުގެ އިހުމާލުން ގެއްލިގެން ގޮސްފައިވާ ކަމަށާއި، އެ ސަރަހައްދު ހޯދުމަށް ގުޅިގެން މަސައްކަތް ކުރާނެކަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ދެން އަންނަ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ހޯދުމުގެ މަސައްކަތް ކުރަން ފަށާ، އެކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

"ޗާގޯސް ޑީކޮލޮނައިޒް ކުރާ ވަގުތު އެކަން ނިންމަވާނީ، ދިވެހިރާއްޖެއިން އެއްވެސް ފަހަރަކު ޗާގޯސްގެ ކްލެއިމް މޮރިޝަސްއަކަށް ދޫކޮށްލާފަ ނުއެއް ނެތް، ހުރިހާ ސަރުކާރަކުން ވަނީ އެއީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް ބުނެފަ، ތިމަންނަމެންގެ ތަނެއް ނޫނެކޭ ބުނަފައެއް ނޯންނާނެ، މިއަދު މި ދެކެވޭ ވާހަކައަކީ ކަނޑުން ބައެއް ދޫކޮށްލި ވާހަކަ. ހަމަ ގަސްދުގަ ދޫކޮށްލި ވާހަކަ މި ދައްކަނީ. އިރާދަކުރެއްވިއްޔާ ދެން އަންނަ ވެރިކަމެއްގައި އެބައި ހޯދާނެ"

އުމަރު ނަސީރު 

އުމަރު ނަސީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުރައްވައިގެން އެ އުޅުއްވަނީ ވަރަށް މަދުން ނޫނީ ޤައުމަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ފޮނުއްވައިގެން އެ އުޅުއްވަނީ އެމަނިކުފާނަށް ހައިސިއްޔަތު ލިބިގެން ނުވާ ސިޓީފުޅެއްކަމަށާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މަޖިލީހުގެ ރުހުންވެސް ހޯދައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އަކީ ރަސްކަލެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އަކީ ޤާނޫނު އަސާސީގެ ދަށުން ވަކި ބާރުތަކެއް ލިބިފަ ހުރި ބޭފުޅެއް. އެެހެންވީމަ އެ ބޭފުޅާއަކަށް ނެތް، ރާއްޖޭގެ ފަސްގަނޑުން ރާއްޖޭގެ ކަނޑުން އެންމެ ތަންކޮޅެއްވެސް ދޫކޮށްލުމުގެ އިޚްތިޔާރެއް، ރައްޔިތުންގެ މަޖިލީހާއި މަޝްވަރާނުކޮށެއް"

އުމަރު ނަސީރު 

އުމަރު ނަސީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވި ނިންމެވުމަކީ ޣައިރުޤާނޫނީ ނިންމެވުމެއް ކަމަށާއި، ދެން އުފެދޭ ސަރުކާރެއްގައި އެ މައްސަލަ ބަލާ ދިވެހިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާނެކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ. 

ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގައި ގިނަ ސިޔާސީ ޕާޓީތައް ހިމެނޭއިރު، އެއިން ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނުކަމުގައި ވިޔަސް، މި ސަރުކާރުގެ އިހުމާލުން ގެއްލިގެންދިޔަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އެކަމާއި ގުޅޭގޮތުން އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތްކަމަށް އިއްތިހާދުގެ ހުރިހާ ހިއްސާދާރުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.