ވިއްސާރައިގައި ކުޑަހުވަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

ވިއްސާރައިގައި ކުޑަހުވަދޫ ގެއެއްގެ ފުރާޅު އެއްލާލާފައި-- ފޮޓޯ/ އެމްއެންޑީއެފް

މިހާރު ކުރަމުންދާ ވިއްސާރާގައި ދ.ކުޑަހުވަދޫ، ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. 

ރޭ ދަންވަރުގެ ވަގުތެއްގައި ކުރި ވިއްސާރައިގައި ގަދަވަޔާއި އެކު ފުރާޅު އެއްލާލާފައިވަނީ ކުޑަހުވަދޫ އުނިމާގެ އާއި އެގެއާއި އިންވެގެން ހުންނަ ޝަބްނަމީގޭގެއެވެ. ގޭގެ ފުރާޅު އެއްލާލުމާއި ގުޅިގެން ދެ ގޭގެ ތަކެއްޗަށާއި، ގެއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އުނިމާގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ. 

އެގޮތުން އެގޭގެ ފުރާޅު އަލުން އެޅުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. 

Advertisement

ކޮމެންޓް