އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާތީ މެޗް ބޯއިކޮޓް ކުރި ބައެއް ކުޅުންތެރިން
ހަބަރު
15 May 2023 | 15:59
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ޖާޒީ ލާތީ، މެޗް ބޯއިކޮޓް ކޮށްފި

ފްރެންޗް ލީގުގެ މެޗެއްގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކުލަތައް ހިމެނޭ ޖާޒީ ލާންޖެހޭތީ ހަތަރު ކުޅުންތެރިއެއް މެޗް ބޯއިކޮޓް ކޮށްފިއެވެ. 

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ފްރާންސްގައި ބާއްވާ ފްރެންޗް ލީގުގެ 1 ގެ މެޗުތައް މިހަފްތާ ބަންދުގައި ފަށާފައިވާއިރު، ލީގުގައި ބައިވެރިވާ ހުރިހާ ޓީމެއްގައިވެސް ވިއްސާރަ ދުނީގެ ކުލަތަކުން އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާ ކުލަތައް ހިމެނޭ ޖާޒީއެއް އޮންނަން ޖެހެއެވެ. އަދި އެ ޖާޒީ ލައިގެން މެޗެއް ކުޅެންވެސް ޖެހެއެވެ. 

އެހެންނަމަވެސް، އެ ލީގުގެ ޓީމެއް ކަމުގައިވާ ޓުލޫޒް އެފްސީގެ ފަސް ކުޅުންތެރިން ވަނީ އެ ޖާޒީ ލައިގެން އިއްޔެގެ މެޗުގައި ނުކުޅޭނެ ކަމަށް ޓީމުގެ މެނޭޖްމަންޓަށް އަންގައި މެޗް ބޯއިކޮޓް ކޮށްފައެވެ. އެގޮތުން، އެ މެޗް ބޯއިކޮޓް ކޮށްފައިވާނީ، ގަތަރުގައި ބޭއްވުމު ފީފާ ވޯލްޑް ކަޕްގައި މޮރޮކޯގެ ޓީމުން ވިދާލި ޒަކަރިއްޔާ އަބޫކްލާލް އާއި، މޫސާ ޑިއާރާ އާއި، ފާރެސް ޝައިބީ އާއި، ލޯގަން ކޯސްޓާ އާއި ސައީދު ހަމުލިސް އެވެ. 

އެ ކުޅުންތެރިން މެޗު ކުޅުމާއި ދެކޮޅު ހެދުމުން ޓީމުގެ މެނޭޖްމަންޓުން ކުޅުންތެރިން މެޗު ކުޅުމަށް އެއްބަސްކުރެވޭތޯ މަސައްކަތް ކުރި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެ ކުޅުންތެރިންވަނީ މެޗުގައި ނުކުޅުމަށް ނިންމި ނިންމުން ދަމަހައްޓާފައެވެ.

އެ ނިންމުމާއި ގުޅިގެން ޒަކަރިއްޔާ އަބޫކްލާލް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްވަނިީ އޭނާ އަކީ އެންމެނަށްވެސް އިހްތިރާމް ކުރާ މީހެއް ކަމަށެވެ. އަދި އެގޮތުން އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށްވެސް އިހްތިރާމް ކުރާ ކަމަށާ، އޭގެ ސަބަބުން، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކެންޕެއިންގައި ބައިވެރި ވުމަށް ދެކޮޅު ހަދާކަމަށެވެ. މިއާއެކު އޭނާ ވަނީ އޭނާގެ އެ ނިންމުމަށް އިހްތިރާމް ކުރުމަށްވެސް ޓީމުގެ ކިބައިން އެދިފައެެެވެެ.  

ޓުލޫޒް ގެ ކުޅުންތެރިންގެ އިތުރުން، އާދިއްތަ ދުވަހުގެ މެޗުގައި، އެ ޓީމާއި ދެކޮޅަށް ނުކުތް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުސްތަފާ މުހައްމަދު ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އެ މެޗް ބޯއިކޮޓް ކޮށްފައެވެ. 

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާތީ މީގެ ކުރިންވެސް ބައެއް މުސްލިމު ކުޅުންތެރިން މެޗްތައް ބޯއިކޮޓް ކޮށްފައިވެއެވެ. އެގޮތުން ބޯއިކޮޓް ކުރި ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީ ޓީމުގެ ސެނެގާލް މިޑްފީލްޑަރު އިދްރީސާ ގޭ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.