އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުން--ފޮޓޯ/ އެމްޑީޕީ
ހަބަރު
16 May 2023 | 12:54
ޢާޒިމް ޕާޓީން ވަކިކޮށް ފިޔަވަޅު އެޅި ސަބަބު އެމްޑީޕީން ތަފްސީލް ކޮށްދީފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ބެލުމަށްފަހު، އޭނާ ޕާޓީން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތަފްސީލް ހާމަކޮށްދީފިއެވެ. 

އެމްޑީޕީން އާޒިމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބެލި ގޮތުގެ ރިޕޯޓު އެޕާޓީން މިއަދު ވަނީ އާއްމުކޮށްފަ އެވެ. 

އެ ރިޕޯޓުގައި ވާގޮތުން، މެންބަރު ޢާޒިމްގެ މައްސަލާގައި ޕާލަމެންޓްރީ ގްރޫޕުން މައިގަނޑު ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ފުރަތަަމަ ހުށަހެޅި މައްސަލަ އަކީ އޭޕްރިލް 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ތާއިދުކުރައްވާ މެމްބަރުންގެ ލިސްޓުގައި ޢާޒިމް ސޮއިކުރެއްވި މައްސަލަ އެވެ. 

ދެވަނައަށް އާޒިމް އާއި ދެކޮޅަށް ހުށަހެޅުނު މައްސަލައަކީ، ސިޔާސީ ގޮތުން އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެ، ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ބައިވެރިވެވަޑައިގެންނެވި މައްސަލަ އެވެ. 

ޕީޖީ ގުރޫޕުން ޢާޒިމް ބައިވެރިވެވަޑައިގެންނެވި ކަމަށްބުނާ ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަން ފިޔަވަޅު އަޅާ ކޮމިޓީއަށް ކަށަވަރުވެފައިވާ ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ. 

އަދި ބަންޑާރަ ނާއިބު ރިފްޢަތަކީ ރައީސް ޞާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރެއްކަމަށްވާއިރު, އޭނާގެ އިތުބާރު ނެތް ކަމަށް އެ ޕާޓީގެ އެއްވެސް ގުނަނަކުން ނިންމާފައި ނުވާ ކަމަށް ފިޔަވަޅު އަޅާކޮމިޓީން ފާހަގަ ކޮށްފައިވެއެވެ. އަދި ބަންޑާރަ ނާއިބު ގެ އިތުބާރު ނެތް ކަމަށް ބުނެ އާޒިމް ހުށަހެޅު މައްސަލާގައި އާޒިމް ސޮއި ކުރެއްވުމަކީ ޕާޓީގެ ސިޔާސަތު ތަކާއި ދެކޮޅު ކަމެއް ކަމަށްވެސް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އިއްތިފާގު ވެފައެވެ. 

އަދި މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަކަށް ފާޑުވިދާޅުވެ، އިދިކޮޅުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އާޒިމް ބައިވެރިވެފައިވާއިރު، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެއް އިދިކޮޅުން އިންތިޒާމްކުރާ އެފަދަ ސިޔާސީ ހަރަކާތެއްގައި ބައިވެރި ވުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި ކަނޑައެޅިގެން ޚިލާފް ކަމެއް ކަންވެސް އެ ކޮމިޓީގެ ހުރިހާ މެންބަރުންވެސް އިއްތިފާގުވާ ކަމެއްކަން ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ މެންބަރަކު ޕާޓީން ވަކިކުރެވިދާނެ ސަބަބެއް ކަމުގައި ޕާޓީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާ އާއި 95 ވަނަ މާއްދާގައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، ޢާޒިމް އަކީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެއް ކަމުގައިވާއިރު، ޕާޓީގެ އެފަދަ މަގާމެއްގައި ހުރި މީހަކު ޕާޓީގެ އަސާސީ ގަވާއިދުތަކާއި ޚިލާޕް ވުމަކީ ސީރިއަސް މައްސަލައެއް ކަމަށްވެސް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު ނާޅައިފިނަމަ، އެހެން މެންބަރުންގެ ފަރާތުންވެސް އެކަންކަން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެއެވެ. 

އެ ސަބަބު ތަކަށްޓަކައި، އެއް އަހަރު ދުވަހުގެ މުއްދަތަށް އާޘިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އަދި ދެން އެ ޕާޓީއަށް ވަންނަން ބޭނުން ނަމަ، އޭނާއަށް ވަދެވޭނީ އެއް އަހަރު ފަހުން، 100 މެންބަރުންގެ ސޮއި ހޯދައިގެން ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ޕާޓީއަށް ވަތް ނަމަވެސް، 5 އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް، ނުވަތަ އެއްވެސް ޕްރައިމަރީ އެއްގައިވެސް އޭނާއަށް ބައިވެރިނުވެވޭނެކަމަށް ނިންމުމުގައިވެއެވެ. 

ކޮމެންޓް
އައިމިނަ
ރަގަޅު! މާލަސްވެސް ވެއްޖެ! ހުރިހާ ފަކުރުތައް ބޭރުކުރޭ!
16 May 2023
ހީލާ
ވަރަށްރަގަޅުނިއްމުމެއްތީ ތިގޮތުގައި ދެމިތިބޭނޭކަމައް އުންމީދުކުރަނީ
16 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް