މިއަހަރުގެ ފުރަތަމަ އެއާޕޯޓް ރެސްކިއު އަދި ފަޔާފައިޓިން ބޭސިކް ކޯހުގެ ތެރެއިން-- ފޮޓޯ/ އާރްއޭސީއެލް
ހަބަރު
16 May 2023 | 13:50
އާރްއޭސީއެލްއިން މިއަހަރުގެ ފުރަތަަމަ އެއާޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގް ކޯސް ފަށައިފި

މިއަހަރުގެ ފުރަތަމަ އެއާޕޯޓް ރެސްކިއު އަދި ފަޔާފައިޓިން ބޭސިކް ކޯސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ފަށައިފި އެވެ.

މިމަހުގެ ހަތްވަނަ ދުވަހު ހދ. ހަނިމާދޫގައި ފަށައިގެން ކުރިއަށް ގެންދާ މި ކޯހަކީ އާރްއޭސީއެލްއާ އަލަށް ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޭސިކް ލެވެލް ކޯހެކެވެ. އެގޮތުން މި ކޯހުގައި ޖުމުލަ 20 ދަރިވަރުން ވަނީ ބައިވެރިވެފައިވެ އެވެ.

އެއް މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހަކީ އާރްއޭސީއެލް އިން ހިންގާ އެއާޕޯޓްތަކުގައި އަމަލުކުރުމަށް ގާއިމްކޮށްފައިވާ އެއާޕޯޓް އެމަޖެންސީ ޕްލޭނަށް އަމަލުކުރަން ދަސްކޮށްދިނުމަށާއި އަދި މަތިންދާ ބޯޓު އޮޕަރޭޓް ކުރާ ސަރައްދަށް ދިމާވެދާނެ އެކިއެކި އަލުފާނާއި ގުޅުން ހުރި ހާދިސާތަކުން ރައްކާތެރިވުމަށް ދަސްކޮށް ދިނުމުގެ މަގުސަދުގައި ހިންގޭ ކޯހެއް ކަމަށް އާރްއޭސީއެލް އިން މައުލޫމާތު ދެއެވެ.

އެގޮތުން މި ކޯހުގެ ބައިވެރިންނަށް ޕްރެކްޓިކަލް އަދި ތިއަރީއިން އިމްތިހާނު ކުރާނެ ކަމަށާ ކޯހުގައި ކިޔަވައިދޭނީ ކުންފުނީގެ ޓްރެއިނަރުން ކަން އާރްއޭސީއެލް އިން ފާހަގަކުރެއެވެ.

އާރްއޭސީއެލް އިން ބުނީ ކުރިއަށް އޮތްތަކުގައި އެކުންފުނިން ހިންގާ ކޯސްތަކުގައި އެހެން ކުންފުނިތަކާއި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި މީގެ އިތުރުން އެ ކުންފުނީގެ ޓްރޭނިން އެކެޑެމީއެއް ގާއިމްކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.