ލ.ކަލައިދޫފެ މަތިން ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ އިންޓަރނެޓް
ހަބަރު
17 May 2023 | 10:42
ކަލައިދޫ ކައުންސިލުން ރަށުގައި ރަޖިސްޓްރީވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް

ލ. ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް ނިންމައި އެކަމުގެ އުސޫލެއް އާއްމު ކޮށްފިއެވެ.

މިއަދު ގެޒެޓުގައި އާއްމުކޮށްފައިވާ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުޞޫލުގައިވާގޮތުން، މި އުސޫލު ފާސްކޮފައިވަނީ އެރަށު ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 15 ވަނަ ޢާއްމު ޖަލްސާއިންނެވެ. އަދި މިއުސޫލަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. ނަމަވެސް މިއުސޫލުގެ ދަށުން 2023 ޖެނުއަރީ 01 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ވެސް ހަދިޔާ ދޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ. 

އެ އިއުލާނުގައި ވާގޮތުން، މިއުޞޫލްގެ ދަށުންދޭ ހަދިޔާ ވަށީގައި ހުންނާނީ 700-1000 ދިވެހި ރުފިޔާ އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެއްޗެވެ. އަދި ހަދިޔާވަށި ހުންނަން ވާނީ ޕާރުސަލު ކުރެވިފައެވެ.

އަދި މި އުސޫލުގެ ދަށުން ހަދިޔާ ލިބޭނީ އުފަންވާ ކުދީންގެ ތެރެއިން ރަށުގައި ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށް ކަމަށާ،  ރަށުގައި ވިހޭނަމަވެސް ރަށުގައި ރަޖިސްޓްރީ ނުކުރާނަމަ މިއުޞޫލުގެ ދަށުން ހަދިޔާއެއް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ. އެހެން ރަށަކަށް ރަޖިސްޓްރީކޮށް އަލުން ރަށަށް ރަޖިސްޓްރީ ކުރާ ކުދީންގެ ތެރެއިން މިހަދިޔާ ވަށި ލިބޭނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށް ކަމަށްވެސް އިއުލާނުގައިވެއެވެ.

މީގެ އިތުރުން، ހަދިޔާ ވަށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް އަދި އުފަން ދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެކުއްޖާ ރަށުގެ ރައްވެއްސެއްގެގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުން ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ހަދިޔާ ވަށި ލިބޭ ފަރާތަކީ ރަށުން ބޭރުގައި ދިރިއުޅޭފަރާތެއްނަމަ ބަދަލުގައި ބެލެނެވެރިޔާ ހުށަހަޅާ ފަރާތަކަށް ހަދިޔާ ވަށި ހަވާލު ކުރެވޭނެ ކަންވެސް ފާހަގަކޮށްފައިވެއެވެ.

"އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮށްޓެއް" ވައުދަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ ވައުދު ތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވައުދެކެވެ. އެހެން ނަމަވެސް، ރިޔާސީ ދައުރު ނިމިގެންދާއިރު ވެސް އެ ވައުދު އަދި އަދަށްވެސް ފުއްދާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ