މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ/ ފޮޓޯ: ދެން
ހަބަރު
17 May 2023 | 23:31
ރައީސް ޞާލިހު ދިފާއުކުރަން މުޅި އެންޑީޕީ ފުނޑާލައިފި: އީވާ

ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފުނޑާލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދިފާއުކުރުމަށް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާދެއްވުމަށްފަހު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދިފާއުކުރަމުން ގޮސް އެމްޑީޕީގެ އޭގެ މައްޗަށް ބިނާވެފައިވާ ހުރިހާ އަސާސްތަކެއް މުގުރާލާފައިވާ ކަމަށެވެ. 

އީވާ ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީގައި މެންބަރުން ތިބީ އެމީހުން ޤަބޫލުކުރާ އަސާސްތަކެއް ހިފަހައްޓަމުން އައިސްފައިވާތީ ކަމަށެވެ. އަދި މިއަދު އެމްޑީޕީއަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ އިޚްލާސްތެރި މެމްބަރުންތަކެއް ޕާޓީން ވަކިވާން ޖެހުނީ އެ އަސާސްތައް މުގުރާލާފައިވާތީ ކަމަށެވެ. 

"އަޅުގަނޑުމެންގެ ދާއިރާއާއި ބެހޭގޮތަކުން އަޅުގަނޑުމެންނަކަށް ވަކާލާތެއް ނުކުރެވޭ، އިންތިޚާބުވަމުން ވީ ވައުދުތަކާއި ގުޅޭގޮތުން ވަކާލާތެއް ނުކުރެވޭ، އެމްޑީޕީގެ އަސާސްތަކާއި އެއްކޮޅަށް ވަކާލާތުކުރުމަށް ފުރުސަތެއް ނުލިބޭ، ވައްކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް އެއްވެސް ގޮތަކަށް އެމްޑީޕީގެ ޕީޖީ އަކުން މިހާރު ނުދޭ، ބޯހިޔާވަހިކަމުގެ ވާހަކަ، މަސްވެރިންނަށްވީ ވައުދުތަކުގެ ވާހަކަ، ދަނޑުވެރިންނަށް ވީ ވައުދުތަކުގެ ވާހަކަ، ސަރުކާރު ކުންފުނިތަކުގެ ވައްކަމުގެ ވާހަކަ، މިއިން އެއްވެސް ވާހަކައެއް.. ރާއްޖޭގެ ކަނޑުވިއްކާލި ވާހަކަ.. މިއިން އެއްވެސް ކަމަކަށް ބަހުސްކޮށްލުމުގެ ފުރުސަތުވެސް ނުދޭ"

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله

އެމްޑީޕީން ނަގަހައްޓަމުން އައި އަސާސްތައް މުގުރާލާ ޕާޓީ ފުނޑާލީ މި ސަރުކާރާއި ރައީސް ޞާލިހު ހިންގަވަމުންދާ ޖަރީމާތައް ދިފާއުކުރުމަށްކަމަށް އީވާ ވިދާޅިވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދިފާއުކުރުމަށްޓަކައި މުޅި އެމްޑީޕީ ފުނޑާލައިފި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ފުނޑާލައިފި"

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله

އީވާ ވަނީ އެމްޑީޕީން ނިކުމެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފެށިގެން މި ދިޔަ މަސައްކަތަކީ "ސިޔާސީ ކަސްތޮޅަކުން" ލިބިގެންދިޔަ މިނިވަންކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެ މިނިވަންކަން އިހުސާސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޞާލިހު ދިފާއުކުރުމަށް އެމްޑީޕީ ފަޅިކޮށްލި ނަމަވެސް، އަލަށް ފަށައިގަތް ސިޔާސީ މަސައްކަތާއެކު ކުރިއަށްވުރެ ބޮޑަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.