މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް/ ފޮޓޯ: އެމްޑީޕީ
ހަބަރު
17 May 2023 | 23:50
ސިޔާސީ ޕާޓީއެއް ނޫން، ގޭ ބަދިގޭ ޕާޓީ އުފެއްދޭނީ: ރޮޒައިނާ

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ. 

ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންެގ މަޖިލީހުގެ 12 މެމްބަރުންނާއެކު، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ގިނަ ބަޔަކު ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާ، އެ ޕާޓީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. 

އެކަން އިއުލާނުކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީން ވަކިވި ފަރާތްތައް ވަނީ މިހާރު އެމްޑީޕީގެ ކަންކަން ހިންގެވުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ވައްކަމާއި ކޮރަޕްޝަނާއި ގުޅޭ ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ. 

އެމްޑީޕީން ނިކުމެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރުމާއެކު، މެމްބަރުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި، އަލަށް އުފައްދާ ޕާޓީ ވެގެންދާނީ އެމްޑީޕީގެ އަސާސުތައް ނަގަހައްޓާ، ރައްޔިތުންގެ ލާބަޔާއި މަންފާ އިސްކޮށްގެން މަސައްކަތް ކުރާ ޕާޓީއަކަށް ކަމަށް އެމްޑީޕީންގެ ވަކިވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީން ކެނޑުނު ފަރާތްތައް އާ ސިޔާސީ ޕާޓީއެއް އުފައްދާ ވާހަކަ ދެއްކެވުމާއި ގުޅިގެން މަލާމާތް ކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީން ވަކިވެވަޑައިގެންނެވި ފަރާތްތައް ވަކިވެވަޑައިގަތީ އެމްޑީޕީގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ނެތްކަމަށް ދެކިވަޑައިގެން އަމިއްލަ ގެކޮޅުގެ ބަދިގެކޮޅުގައި ޕާޓީ ހިންގަވާގޮތަށް ހިންގެވުމަށް ފަހުގައި ކަމަށެވެ. 

އަދި ހަގީގަތުގައި އެ ފަރާތްތައް ޕާޓީން ވަކިވެވަޑައިގަތީ ވާދަވެރިކަމާއެކު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ރައީސް ނަޝީދަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، އެކަން ހަޖަމު ނުކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ބޭފުޅުންނަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެކަމަށާއި، ދެން ވެސް އެބޭފުޅުންނަށް އުފެއްދޭނީ އަމިއްލަފުޅު ގެކޮޅުގައި ހިންގަވާފަދަ ޕާޓީއެއްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

"ޕާޓީގައި ރައީސް ނަޝީދު ނޫން މީހަކު ނެތްކަމަށް ބަލައިގެން އަމިއްލަ ގޭ ބަދިގެ ތެރެއިން ޕާޓީ ހިންގަވާފަ، ވާދަވެރި އިންތިޚާބެއްގައި ޕާޓީން އަލަށް ކުރިމަތިލި ފަހަރު ބަލިވީމަ އެކަން ހަޖަމު ނުވި ބަޔަކަށް ކޮން ޑިމޮކްރެޓިކް ޕާޓީއެއްތޯ ހެދޭނީ؟ (ފޮޓޯއިން ތި ފެންނަ) ގޭ ބަދިގޭ ޕާޓީ ދެން ވެސް ހެދޭނީ"

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 

ރޮޒައިނާ އިތުރަށް ވިދާޅުވީ ޕާޓީ ބައިކޮށް ފުނޑާލީ ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ކަމަށެވެ. 2018 ވަނަ އަހަރުވެސް މަސައްކަތް ކުރީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭކަމަށް ވާނަމަ ޕާޓީން ކެންޑިޑޭޓެއް ނެރުނަ ނުދިނުމަށްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

ނަޝީދު ވެރިކަމަށް ގެނައުމަކީ، ނުވަތަ ނަޝީދު ނޫން މީހަކަށް އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވުމަކީ އެމްޑީޕީގެ އަސާސްތޯ ރޮޒެއިނާ ސުވާލުކުރައްވާފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ދެ ރައީސުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ މިހާރު ވަނީ ޕާޓީ ދެބައިވެފަ އެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތައް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ނަޝީދު ފަޅީގެ ބޭފުޅުން ވަކި ޕާޓީއެއް ހަދައި މަސައްކަތް ކުރަން ފައްޓާ ހިސާބުން ސަރުކާރަށް މިހާރަށްވުރެ ބޮޑު ޕްރެޝަރެއް ކުރިމަތިވެގެންދާނެކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.