އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 May 2023 | 10:22
ތަޢުލީމީ ދާއިރާއަކީ ކުއްލި ކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫން: ޑރ. ޢާއިޝަތު

ތަޢުލީމީ ދާއިރާއަކީ ކުއްލި ކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރޭ ބޭއްވުނު 2021-2022 ވަނަ އަހަރުގެ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ދެވަނަ ދަންފަޅީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޑރ.އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބާރަކީ މިސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް އައިސްފައިވާ ބަހާރު މޫސުމުގެ އެއް ސިއްރަކީ އިޖްތިމާއީ ހަމަޖެހުމާއި ހިމޭންކަން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއް މިސްރާބަކަށް ތައުލީމީ އޮޑި ދުއްވުމަށް، ސިޔާސީ އަދި އިދާރީ ހަމަހިމޭންކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ތަޢުލީމީ ދާއިރާއަކީ ކުއްލި ކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫން. މަދަރުސާއެއްގައި ގްރޭޑް 1ގެ މަންހަޖަށް ގެންނަ ބަދަލު ފެންނަން ފަށާނީ 10 އަހަރު ފަހުން. ގްރޭޑް 1 އަށް ވަންނަ ދަރިވަރުންގެ ނަތީޖާ ފެންނަން ފަށާނީ ސާނަވީ އިމްތިހާން ނިމުމަށްފަހު. ސިޔާސީ ހިމޭންކަމާއި އިޖްތިމާއީ ހަމަޖެހުމަކީ ގައުމުގެ ކުރިއެރުމުގެ ސިއްރު. ތައުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންވެސް ބަދަލުނުވެ އޮންނާނީ ސިޔާސަތުތައް އަވަސް އަވަހަށް ބަދަލު ނުވާ ނަމަ." ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ފޮތުގައި އޮންނަ އެއްޗަކަށް ބަރޯސާވުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ދާއިރާއަކުން ހުނަރެއް ދަސްކުރާ ކުއްޖަކަށްވާންޖެހޭކަމަށެވެ. އެގޮތުން ހުސައިން ސަލާހުއްދީން ލިޔުއްވާފައިވާ، އައްޑުއަތޮޅު މީދޫ ދޮންބެއްޔާގެ ނަސޭހަތްޕުޅާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
"މިރޭ އިނާމު ލިބޭ ދަރިވަރުންނަށް އަޅުގަނޑު ދަންނަވާނީ، ފޮތްތެރި ތައުލީމަށް ބަރޯސާވުމަކީ ކުރަންވާވަރުގެ ކަމެއް ނޫނޭ. 20 ވަނަ ގުރުނުގަ ރާއްޖޭގަ އުފެދުނު އެންމެ ފާގަތި އެއް އިލްމުވެރިއަކީ ހުސައިން ސަލާހުއްދީން. އެމަނިކުފާނަށް އުނގަންނަވައިދެއްވި އެއް އެދުރަކީ އައްޑުއަތޮޅު މީދޫ ދޮންބެއްޔާ. ސަލާހުއްދީން ލިޔުއްވާފަ ވާ ފޮތެއްގަ އޮވޭ ދޮންބެއްޔާގެ އެއް ނަސޭހަތްޕުޅު. ކޮންމެ ކުއްޖަކުވެސް ރަށުގެ ރައްޔިތުންނަށް ބޭނުންވާ، ބޭނުން ހިފޭފަދަ، އަތުން ފައިން ކުރާ ކަހަލަ ދެ މަސައްކަތެއް ދަސްކޮށް އެކަންކަމަށް ފަރިތަވެ، އެކަމުގަ މޮޅުވާން. މިފަދަ މަސައްކަތެއް ދަސްވެއްޖެނަމަ އެމީހާ ވާނީ ބަދަލުވާ ޒަމާނުން ބޭކާރު ނުކުރެވޭ، ރަށުގެ އަހުލުވެރިންނަށް ބޭނުންތެރި މީހަކަށް." މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.