ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން-- ފޮޓޯ/ މަޖިލިސް
ހަބަރު
19 May 2023 | 14:59
ޕީޕީއެމް ނަގާފައި ދެން އެންމެ ބޮޑު ޕާޓީ އަކަށްވާނީ އަޅުގަނޑުމެން އަލަށް އުފައްދާ ޕާޓީ: ޝިޔާން

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފިޔަވައި ދެން އެންމެ މެންބަރުން ގިނަ, ބޮޑު ޕާޓީއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން އުޅޭ "ފިކުރެއްގެ ދިރުން" ޕާޓީ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މިހާރު ހިނގަމުންދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ޚިލާފަށް ކަމަށް ބުނެ ޝިޔާން ހިމެނިވަޑައިގަންނަވާ ގޮތަށް، އެމްޑީޕީގައި ހިމެނޭ ގިނަ މެންބަރުން ތަކެއް އެ ޕާޓީން ކެނޑި، އައު ޕާޓީއެއް އުފައްދަވާނެ ކަމަށް ފާއިތުވި ބުދަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. 

އެކަމާއި ގުޅިގެން ޝިޔާން ރޭ ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ އަންދާޒާ ކުރައްވާ ގޮތުގައި، އިދިކޮޅު ޕީޕީއެމް ފިޔަވައި، ދެން ރާއްޖޭގައި އޮންނާނެ އެންމެ ބޮޑު ސިޔާސީ, ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީ ކަމަށެވެ. 

"އަޅުގަނޑުމެން ދާނީ ކުރިއަށް، ކުރިއަށް ބާރަށް ކުރިއަށް،" ޝިޔާން ވިދާޅުވިއެެވެ. 

މިއާއެކު ޝިޔާން ވިދާޅުވީ ލ، އެމްޑީޕީގައި ތިއްބެވި "ސާފު" މެންބަރުން އެ ޕާޓީ ދޫކޮށް، ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީއާއި ގުޅޭނެކަން ކަށަވަރުވެ ޔަގީންވާ ކަމަށެވެ. 

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މަޖިލިސް މެންބަރުން ހިމެނޭހެން ޖުމްލަ 14 މެންބަރުން ބުދަ ދުވަހު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

އެއަށްފަހު އެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ފެކްޝަނުން "ފިކުރެއްގެ ދިރުން" ނަމުގައި އައު ޕާޓީއެއް އުފެއްދުމަށް ނިންމާ ފައިވާ ކަމަށާ އެ ޕާޓީ އުފެއްދުމަށް އަންނަ ހަފްތާގައި ފޯމު ހުށަހެޅުމަށް ފަހު 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފައްޓާނެ ކަން އިއުލާންކޮށްފަ އެވެ. 

އަދި އެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. އަދި “ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމަށްވެސް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
އަސުރު
ތިޔައުޅެނީ ހިޔަނި ހަވީރު ހިޔަނި ފެނިގެން.
19 May 2023
އައިމިނަ
ހައްހައްހައް! ފަކުރެއްގެ ދިރުން 3000 ހަމަވިޔަސް މޮޅު! މައުމޫނު ޕާރޓީ ވަރުވެސް ނުވާނެ!
19 May 2023
ޢަބްދުލް ޙަމީދު ޔޫސުފް
ސިޔާސީ ކެރިއަރ ނިމިފަހުރި މީހެއް ގޮވައިގެން ކާކު ބަލައިގަންނާނީ ދެން ޓާޓާ
19 May 2023
ސޯނަމް
ސާބަހޭ ނަސީދު
19 May 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.