ހަސަން ލަތީފު ރައީސް ނަޝީދު އަރިހުގައި--
ހަބަރު
22 May 2023 | 16:21
"ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމެއް ނޫން: ޙަސަން

ފިކުރެއްގެ ދިރުން ގޮފީގެ މެމްބަރުންގެ ފަރާތުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވެފައިވަނީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެންމެން އެއްކޮށް މަސައްކަތް ކުރާއިރު އެއްގޮތް ވިސްނުން ތަކާއި ތަފާތު ވިސްނުންތައް ހުންނާނެކަން ފާހަގަކޮށް ހަސަން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ފެެންނަ ގޮތް ބުނުމުގެ ފުރުސަތެއް ލިބުމަކީ ހައްގު މިންވަރު ކަމަށް ހަސަން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްގެ ނިޒާމެއްތޯ ބުނުމުގެ ފުރުސަތު، ފެންނަ ނުފެންނަ ވޯޓަކުން ލިބުމަކީ ހައްގު މިންވަރު ކަމަށް ގަބޫލުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުމެއްނޫން އެހެންނަމަވެސް އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކުރާއިރު އެކިއެކި ބޭބޭފުޅުންގެ ވިސްނުން އަޅުގަނޑަށްވެސް އެނގޭ. އަދި އޭގެ ތެރޭގައި އެއްގޮތްވާ ވިސްނުންތައްވެސް އެބަހުރޭ. ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހި ރައްޔިތުންނަށް ފުރުސަތެއް ލިބުމަކީ އެރައްޔިތުންނަށް ހައްގު މިންވަރޭ ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްގެ ނިޒާމަކީ ކޮބާތޯ ބުނުމުގެ ފުރުސަތެއް ލިބުމަކީ އެއީ އާއްމު ވޯޓެއް އެއީ ފެންނަ ނުފެންނަ ވޯޓަކުން ކުރާ ކަމެއް އެހެންވީމަ އެމިންވަރު އެއީ ޙައްޤު މިންވަރު ކަމަށް އަޅުގަނޑު ޤަބޫލުކުރަން"

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު

މިއާއިއެކު 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާއި ގުޅޭ ގޮތުން ބަހުސް ކުރެވިފައި ނުވާކަމަށާއި މިކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާއެއް ކުރެވި، ވޯޓެއްނެގި ނުވަތަ ރައްޔިތުންނަށް ފެންނަގޮތް ބެލެވިފައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ހިތުން ބައިވަރު މައްސަލަތަކެއް އެބަހުރިކަމަށް އެންމެންވެސް އެބަ ޤަބޫލު ކުރޭ ޤާނޫނު އަސާސީގައި. އަދި ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކަކާއި ހުރެ ސަރުކާރު ހިނގަން ރައްޔިތުން ބޭނުންވާ ގޮތަށް ނުހިންގިގެން ދާކަންވެސް ގަބޫލްކުރާ ރައްޔިތުން އެތައް ބައިވަރު." ޙަސަން ވިދާޅުވިއެވެ.

އެހެންކަމުން މިހުރިހާ ކަމަކާއެކީގައި ރައްޔިތުން ބޭނުންވާ ގޮތެއް އޭގައި ބުނެވޭނެ ގޮތެއް ހޯދައިދިނުން އެއީ ރައްޔިތުން އެދޭކަމެއްކަމަށް ހަސަން ވިދާޅުވިއެވެ. އެގޮތުން ނިޒާމާއި ބެހޭ ގޮތުން ފެންނަ ނުފެން ވޯޓެއް ރައްޔިތުންނާއި ހަމައަށް ލިބުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އަޅުގަނޑުމެން އުފައްދައި ދި ޑިމޮކްރަޓްސްގެ ޕާޓީ، އެ ޕާޓީއިން ވަކާލާތުކުރާނެ ކަމެއް އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ލިބޭ މިންވަރު ކޮށްދިނުމަށް. ސަރުކާރަށްވެސް. ރައްޔިތުން މަޖްލިސްއަށްވެސް. އަދި ކަމާބެހޭ އެހެނިހެން މުއައްސިސާތަކުގަވެސް." ހަސަން އިތުރަށް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މިހާރު ހިނގަމުންދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގައި ހިމެނޭ ގިނަ މެންބަރުން ތަކެއް އެ ޕާޓީން ކެނޑި، އައު ޕާޓީއެއް އުފައްދަވާނެ ކަމަށް އިއުލާން ކުރީ ފާއިތުވި ބުދަ ދުވަހުއެވެ. 

އެއަށްފަހު އެ ޕާޓީއަށް ކިޔާނެ ނަމަކާއި މެދު އާއްމުންގެ މަޝްވަރާވެސް ވަނީ ހޯދާފައެވެ. 

ދި ޑިމޮކްރެޓްސް އިން ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް އަށް އިއްޔެ ހުށަހަޅާފައިވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ. 

ކޮމެންޓް
އިއްބެ
ސީދާދޮގެއް
22 May 2023
ވ
މިވެރިންއަދި މިހެންއުޅެމުން ބަރުލަމާނީއަ ހިތްދޫ ދީނާވެސް ގެނެސްރާޖޭގަ ހަރުކުރާނެ މިފަހަރު މޯދީއަށް ހަރަދު ކުރަށް ޖޭނީ ދެޕާޓީއަށްތަ
22 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.