ހޯމް މިނިސްޓަރު އިމްރާނު ރައީސް ޞާލިހުގެ އަރިހުގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 May 2023 | 15:05
ކިތަންމެ ހަޅޭކެއްލެވިޔަސް އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޞާލިހު: އިމްރާނު

އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހަޅޭ ލެވިޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް މިއަދު ހޯމް މިނިސްޓަރު އިމްރާނު ވަޑައިގެން މެމްބަރު އަބްދުالله ރިޔާޒުގެ ސުވާލަށް ޖަވާބުދެއްވަމުން ދިޔަ ވަގުތު އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެމްބަރުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން އަނިޔާކުރަމުންދާކަމަށް ތުހުމަތުކޮށް އަޑުއުފުލާފަ އެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވަނީ މިނިސްޓަރު އިށީނދެވަޑައިގެން އިންނެވި މޭޒުކޮޅު ކައިރިއަށް ވަޑައިގެން އިހުތިޖާޖުކޮށްފަ އެވެ. އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފަ އެވެ. 

އިމްރާނުގެ ވާހަކަތަކަށް ހުރަސްއެޅޭގޮތަށް އިދިކޮޅުގެ މެމްބަރުން އިހުތިޖާޖު ކުރަމުން ދިއުމާއި ގުޅިގެން ރިޔާސަތުން ވަނީ އެ މެމްބަރުންގެ ނަން އިއްވާ މަޖިލީސް ކުރާ މާލަމުން ނެރެފައެވެ. 

މިއަދުގެ ޖަލްސާއަށް ފަހު އިމްރާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މެމްބަރުންނަށް ރައްދުދެއްވާފަ އެވެ. 

އެގޮތުން އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަމުން ދިޔަ ފޮޓޯއެއް ހިއްސާކުރައްވާ އިމްރާނު ވިދާޅުވީ އިދިކޮޅު ފަރާތްތައް ކިތަންމެ ވަރަށް ހަޅޭލެވިޔަސް ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބުކުރައްވާނެ ކަމަށެވެ. 

"މި ބޭފުޅުން ކިތަންމެ ހަޅޭފުޅެއް ލެވިޔަސް إن شاء الله އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު"

ހޯމް މިނިސްޓަރު/އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދަވާދެއްވުމުގެ މަސައްކަތް ކުރުމަށް، އެމްޑީޕީއާއެކު އެންމެ ފުރަތަނަ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީންނެވެ. 

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހިސާބުތައް ޖައްސަވާ އިމްރާނު ވަނީ މި އިންތިޚާބު ރައީސް ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ