މޭރީގެ ފިރިމީހާ މާވިން އަދި އޭނާގެ ލޯބިވެރިޔާ ލަމްހާ
ހަބަރު
22 May 2023 | 22:37
މޭރީގެ މަރު: މޭރީގެ ފަހު ވަގުތުކޮޅާއާއި، ދިރިއުޅުމާއި ގުޅޭ މުހިންމު ވާހަކަތައް ހެކިވެރިޔާ ކިޔައިދީފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ އެންމެ ފަހު ވަގުތުކޮޅު ވާހަކަދެއްކި އަދި މޭރީގެ ދިރިއުޅުމާއި ގުޅުންހުރި މުހިންމު ވާހަކަތަކެއް ހިއްސާކޮށްފައިވާ މީހެއްގެ ހެކިބަސް ނަގައިފި އެވެ. 

އެ މައްސަލައިގައި މިއަދު މޭރީއާއި އެކު އެއް ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރި އައިޖީއެމްއެޗްގެ ނަރުސް ޝުޒްނާ މުހައްމަދު ވަނީ މޭރީގެ އެންމެ ފަހު ވަގުތު ފެނުނު ކަންކަމާއި، ލަމްހާ އާއި މާވިންގެ ލޯބީގެ ގުޅުމާ ގުޅިގެން އޭނާއަަށް އެނގޭ ކަންކަން ކޯޓަށް ކިޔައިދީފަ އެވެ. 

ހެކިބަސް ދެމުން ޝުޒްނާ ބުނީ މޭރީ މަރުވި ދުވަހު އޭނާގެ ފަރާތުން ތަފާތުކަމެއް ނުފެންނަ ކަމަށެވެ. ޑިއުޓީގައި އުޅުނު އިރު އާދައިގެ މަތިން އެކި އެކި ވާހަކަތައް ހިއްސާކުރަމުން ދިޔަކަމަށް އޭނާ ކިޔައިދިނެވެ.

ލަމްހާ އާއި މާވިންގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަތައް އެކި ދުވަސް މަތިން މޭރީ ކިޔައިދީފައިވާ ކަމަށް ޝުޒްނާ ބުންޏެވެ. އެ ވާހަކަތަކުގެ ތެރެއިން މޭރީ އާއި ލަމްހާ އާއި ދެމެދު މެސެޖުތައް ބަދަލުކުރެވި، ލަމްހާގެ ފަރާތުން މޭރީއާ ދެކޮޅަށް ފުރައްސާރައިގެ މައްސަލައެއް ހުށަހެޅި ކަމަށް މޭރީއާ ހަވާލާ ދީ އޭނާ ކިޔައިދިނެވެ.

އެގޮތުން ލަމްހާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އާއިލާގޮތުން ގުޅުން އޮންނަ މީހެއްކަމަށާއި، ލަމްހާގެ އާއިލާއަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއެއްކަމަށް ލަމްހާ މޭރީގެ ގާތުގައި ބުނެފައިވާ ވާހަކަ ހިއްސާކުރިކަމަށް ޝުޒްނާ ކޯޓަށް ކިޔައިދިނެވެ. 

އެހެންކަމުން މޭރީއާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގައި ބަޔާން އެކަހެރިކޮށް ނަގަން ފުލުހުން އެދުނު ކަމަށާއި، އެބުނާ ފުލުސް އޮފިސަރާ ބައްދަލުކުރުމަށް މޭރީ ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. ފުލުސް އޮފިސަރާ ބައްދަލުކުރަން މޭރީ ދިޔައިރު، ލަމްހާ އާއެކު ބަދަލުކުރެވުނު މެސެޖުތަކުގެ ސްކްރީންޝޮޓްތައް ޕްރިންޓްކޮށްގެން ގެންދިޔަ ކަމަށް ޝުޒްނާ ކިޔައިދިނެވެ.

މޭރީ ނިޔާވި ދުވަހު 12 ޖެހިއިރު މޭރީ ބްރޭކަށް ނިކުތް ކަމަށާއި، އޭރުވެސް އޭނާގެ ފަރާތުން އެއްވެސް ތަފާތުތަކެއް ނުފެންނަކަމަށާއި، މޭރީ ހުރީ ހަމަޖެހިލައިގެންކަމަށް ޝުޒްނާ ބުންޏެވެ. 

މޭރީއަކީ އަބަދުވެސް ބްރޭކަށް ގެއަށް ދާ މީހެއް ކަމަށާއި، ބްރޭކް ގަޑި ނިންމާ، ގަޑިއަށް ޑިއުޓީއަށް ނިކުންނަ މީހެއްކަން ޝުޒޫން ފާހަގަކުރިއެވެ. 

މި މައްސަލައިގައި ދެން ހެކިބަސް ދިން އީއާރްގައި މަސައްކަތް ކުރާ މެޑިކަލް އޮފިސަރު ސައިފުالله ވެސް ވިދާޅުވީ ދަންޖެހުމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުގައި ފެންނަން ނެތް ކަމަށެވެ. އަދި އީއާރްގައި ހުންނަ ކޮންޓްރޯލް ޑްރަގަކީ އެތަނުން ބޭރަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ވަނީ ލަމްހާގެ ކޮޓަރި ބަލައި ފާސްކުރި ސީން އޮފް ކްރައިމް އޮފިސަރުގެ ހެކިބަސް ވެސް ނަގާފައެވެ. 

އެ އޮފިސަރު ކޯޓަށް ހާމަކުރި ގޮތުގައި ލަމްހާގެ ގެއިން ސިރިންޖުތަކަކާއި ފުޅިތަކެއް ވަނީ ފެނިފައެވެ. 

އެހެން ނަމަވެސް މި މައްސަލައާއި ގުޅުންހުރި މާއްދީ ހެކިތައް ނެގީ އޭނާ ނޫންކަމުން، ކޮޓަރިން ނެގި ހެކިތަކާއި ގުޅޭ މާ ބޮޑު ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. 

މި މައްސަލައިގައި މާދަމާވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. 

މޭރީގެ މަރުގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަދި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށެވެ.

ދައުލަތުގެ ދައުވާތަކުގައި ބުނެފައިވާ ގޮތުން މެރީ މަރާލާފައިވަނީ އޭނާގެ ފިރިމިހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ދުރާލާ ރާވައިގެން 19 އޮކްޓޫބަރު 2021 ދުވަހު އެވެ.

އަދި އެ ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމުގައި ލަމްހާ އެހީތެރިވެދީފައިވާ ކަމަށެވެ.

މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާ ކަން ލޯބިވެރިޔާ ލަމްހާގެ މައްޗަށް ވަނީކޮށްފައެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް
އައްޑޫކުއްޖާ
ތިޔަ ލަމްހާ ސަލާމައްވީ ތީ. ޔަގީން
23 May 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.