ބުރުމާ ކަށި ހަށިގަނޑު ތެރޭގައި އޮތްތަން ފެންނަ އެކްސްރޭ--
ހަބަރު
23 May 2023 | 12:06
އައިޖީއެމްއެޗުން އޮޕަރޭޝަން ކޮށް ނިންމާލިއިރު ބުރުމާ ކަށިވެސް އޮތީ އެތެރޭގައި!

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން މީހެއްގެ އޮޕަރޭޝަނެއް ކުރިއިރު ބޭނުން ކުރި ބުރުމާގެ ކައްޓެއް ހަށިގަނޑު ތެރޭގައި އޮތް މަންޒަރު ފެންނަ އެކްސްރޭއެއްގެ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާއްމުވެއްޖެއެވެ.

އެ ފޮޓޯތައް އާންމު ކޮށްފައިވަނީ ފެނަކައިގެ ކުރީގެ ޑިރެކްޓަރ މުއާޒް ހަލީމެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޓެގް ކުރައްވައި އޭނާ ކޮށްފައިވާ އެ ޓުވީޓުގައި ވަނީ ދާދިފަހުން އޭނާގެ ޢާއިލާގެ ކަނބަލަކު އެކްސިޑެންޓްވެ ކޮނޑުގެ ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަށިގަނޑަށް ބޯލްޓްތަކެއް ޖަހަންޖެހުނު ކަމަށެވެ.

އަދި އެކަމަށްޓަކައި ކުރެވުނު ސާޖަރީގައި ބޭނުންކުރި ބުރުމާގެ ކަށި ބިންދައިގެން ގޮސްފައިވާ އެނގިފައިވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, ސާރޖަރީއަށް އެތައްދުވަހެއް ވީފަހުން، މިމަހުގެ 21 ވަނަ ދުވަހު، އެނގިގެން ދިޔައީ އެ ބިންދައިގެންދިޔަ ބުރުމާ ކަށި އޮތީ ހަށިގަނޑު ތެރޭގައިކަމަށެވެ. 


އެއަށްފަހު އިއްޔެ، ކޮނޑުގެ އެކްސްރޭ ބެލުމަށްފަހު، ކަށި އެތެރޭގައި އޮތަސް " އޯކޭ " ކަމަށް ޑޮކްޓަރ ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނުންގެ ކަށްޓަށް ޖަހާ ބޯލްޓް ހަދާފައި ހުންނަނީ "އޯކޭ" ވާގޮތަށްކަން އެނގޭ. އެކަމަކު ބޯލްޓްޖަހަން ގެންގުޅޭ ބުރުމާގެ ކަށި އެތެރެއަށް ދޫކޮށްލާފައި ފަހާލީމާ އެވިދާޅުވާ "އޯކޭ" ވުމަކީ ކޮބައިކަން އެނގުނު އެއްވެސް ޑޮކްޓަރަކާއި ދިމަލެއް ނުވި." މުއާޒުގެ ޕޯސްޓުގައި ވެއެވެ. 

މުއާޒު އިތުރަށް ވިދާޅުވީ، އައިޖީއެމްއެޗަކީ އާސަންދައިން ޗާޖުކޮށްގެން ރައްޔިތުންނަށް ޚިދުމަތްދޭ، ދައުލަތުގެ ހޮސްޕިޓަލް ކަމަށެވެ. ވީއިރު އެ ހޮސްޕިޓަލުގެ މިފަދަ ކަންކަމާއި ގުޅޭ ވާހަކަ ނުދައްކައި މަޑުން ހުންނަންވީތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

އަދި އެ ޕޯސްޓަކީ "ސިޔާސީ" ނުވަތަ "އަގުވައްޓާލުމަށް ދައްކާ ވާހަކައެއް" ކަމަށް ނިންމަވާނީތޯވެސް އޭނާ ވަނީ ހެލްތު މިނިސްޓްރީއާއި ސުވާލުކުރައްވާފައެވެ.

އެކަމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހޮސްޕިޓަލުންދޭ ފަރުވާ އާއި ގުޅިގެން ޕޭޝަންޓުންގެ ހުންނަ ޝަކުވާ އާއި، އެފަދަ މައްސަލަތައް ހުށަހެޅުމަށް ޑިޕާޓްމަންޓެއް އިންނަ ކަމަށެވެ. އަދި ބުރުމާ ކަށި ހަށިގަނޑު އެތޭރަގައި އިން ކަމަށް ބުނާ، މައްސަލަ އާއި ގުޅިގެން ބަލިމީހާ ނުވަތަ އާއިލާގެ ފަރާތުންވެސް އެއްވެސް ޝަކުވާއެއް މިހާތަނަށް ވެސް ލިބިފައި ނުވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ