ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން -- ފޮޓޯ/ އަވަސް
ހަބަރު
24 May 2023 | 12:26
ބްރިޖު މަސައްކަތް ކިތަންމެ ލަސްކުރިއަސް ސަރުކާރަށް އެއްޗެކޭބުނެވޭކަށް ނެތް: ދުންޔާ

‏މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލެ ބްރިޖު) މަޝްރޫއުގެ މަސައްކަތުގެ ސްޕީޑު އެ މަސައްކަތް ކުރާ ކުންފުނިން ކިތަންމެ ލަސްކުރި ކަމުގައި ވިޔަސް، އެކަމުގައި ސަރުކާރަށް އެއްޗެއް ބުނެވޭކަށް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. 

ބްރިޖު ލަސްކަމުން އަވަހަށް ނިންމުމަށް އިތުރު 25 މިލިއަން ޑޮލަރު ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވާ ބްރިޖު މަޝްރޫއު ނިމޭނެ ތާރީހާ ގުޅޭ ގޮތުން އިއްޔެގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ ކުރީގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ސުވާލު ކުރެއްވާފަ އެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މަސައްކަތުގެ ޝެޑިއުލަށް ބަލާ އިރު ލަސްތަކެއް އެބަ އުޅޭ ކަމަށެވެ. އެކަމަކު މަސައްކަތް ނިންމަން ދީފައިވާ ތާރީހު އިތުރަށް ދިގުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ކޮންޓްރެކްޓަރުގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފައި އެބަ ހުރި ޑިލޭ. މިހާތަނަށް އަންނަންވާ މިންވަރަކަށް ނޫން [މަސައްކަތް] އައިސްފައި ހުރީކީ. ކެޗަޕް ކުރެވޭނެ ކޮންމެވެސް މިންވަރަކަށް. އެއްކޮށް ކެޗަޕް ނުކުރެވޭނެ. އެކަމަކު އަދި އަޅުގަނޑުމެން އެކްސްޓެންޝަނެއް ދޭކަށް ގަސްތެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަކީ ކަނޑު ހުރަސްކޮށް ބުރިޖެއް ހެދުމުގެ ތަޖުރިބާ ހުރި ބައެއްނޫން ކަމަށެވެ. 

އަދި ބުރިޖުގެ މަސައްކަތް ކިތަންމެލަސްކުރިއަސް ސަރުކާރަށް އެއްޗެކޭ ބުނެވެން ނެތް ކަމަށާ، ބުނެފި ނަމަ ލޯނު އިންޓަރެސްޓު މަތިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. 

"މަސައްކަތް ކިތަންމެލަސްކުރިއަސް ސަރުކާރަކަށް ނެތް އެއްޗެކޭބުނެވެން. ބުނެފިއްޔާ ލޯނު އިންޓަރެސްޓު މަތިވޭ. ލޯނުއެގްރީމެންޓާއި ކޮންޓްރެކްޓުއެވޯޑުކުރިގޮތް ހާމަކުރުން މުހިންމު." ދުންޔާ ވިދާޅުވިއެވެ. 

ދުންޔާ ވަނީ ބްރިޖު މަސައްކަތަކީ "އަސްލު" ދަރަނި ދަންތުރަ އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. 

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ. އޭގެ އިތުރުން ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ވަނީ އިންޑިއާއިން ނަގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ