އައިއޭސީ އާއި އެހީ ޖަމިއްޔާ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އައިއޭސީ
ހަބަރު
24 May 2023 | 13:55
ރާއްޖޭގައި ހިންގޭ ޕްރޮޖެކްޓް ތަކަށް ބޭރުގެ އެހީ ހޯދުމަށް އެހީ ޖަމިއްޔާއާއި އައިއޭސީ އެއްބަސްވުމަކަށް

ދިވެހިރާއްޖޭގައި އެހީ ޖަމިއްޔާއި ހިންގަމުންދާ މަޝްރޫޢްތަކަށް ބޭރު ދުނިޔޭގެ އެހީ ލިބޭނެ މަގުތައް ހަމަޖެހި، އެ މަސައްކަތައް އިހުނަށްވުރެ ބާރަށް ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

އެހީ ޖަމިއްޔާއަކީ ދިވެހިރާއްޖޭގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފެދުނު އެންމެ ފުރަތަމަ ޖަމިއްޔާއެވެ. އެގޮތުން އެ ޖަމިއްޔާ އިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ޕްރޮޖެކްޓްތައް ހިންގަމުންނެވެ. 

އައިއޭސީން ބުނީ އެހީ ޖަމިއްޔާގެ މަސައްކަތްތަކަށް އިތުރު ބާރަކާއި ހަލުވިކަމެއް ގެނެސްދިނުމުގެ މަޤްސަދުގައި، އައިއޭސީ އާއި އެހީ ޖަމިއްޔާ އެކުގައި މަސައްކަތް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 

"މި އެއްބަސްވުމާއިއެކު ދިވެހިރާއްޖޭގައި އެހީ ޖަމިއްޔާއި ހިންގަމުންދާ މަޝްރޫޢްތަކަށް ބޭރު ދުނިޔޭގެ އެހީ ލިބޭނެ މަގުތައް ހަމަޖެހި، އެ މަސައްކަތައް އިހުނަށްވުރެ ބާރަށް ކުރިއަށް ދާނެކަމީ އަޅުގަނޑުމެން ޤަބޫލުކުރާކަމެކެވެ. އިންޝާالله" އައިއޭސީން ބުނެފައިވެއެވެ. 

މީގެ އިތުރުން އައިއޭސީން ބުނީ، މިއެއްބަސްވުމުގެ ސަބަބުން ބޭރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާތަނަށް އައިއޭސީން ކުރިއަށް ގެންދިޔަ ފަދަ މުހިއްމު ބޮޑެތި މަޝްރޫޢްތަކެއް އެހީ ޖަމިއްޔާއާއެކު ކުރިއަށް ގެންދެވި، ދިވެހިންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ.

އައިއޭސީ އާއި އެހީ ޖަމިއްޔާ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އައިއޭސީ

އައިއޭސީ އަކީ ދިވެހި ރައްޔިތުންގެ އެހީ، ހާލުގައި ޖެހިފައިވާ ފަތާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަޤްވާމީ ގޮތުން ހަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ. އެގޮތުން، ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެތައް ޤައުމެއްގައި ދިވެހިންގެ އެހީ ފޯރުކޮށްދެވި، ދިވެހިންގެ ނަމުގައި އެތައް ގިނަގުނަ ބިޔަ މަޝްރޫޢްތަކެއް އެ ޖަމިއްޔާ އިން ވަނީ ހިންގާފައެވެ.

އައިއޭސީން ބުނީ އެ ޖަމިއްޔާ އިން ދިވެހިރާއްޖޭގައި ހަރަކާތްތައް ކުރިއަށް ނުގެންދާ މައިގަނޑު ސަބަބަކީ އެ ޖަމިއްޔާގެ ފައުންޑާ އެންޖީއޯ ކަމަށްވާ އެހީ ޖަމިއްޔާއިން ދިވެހިރާއްޖޭގައި ހަރަކާތްތަށް ހިންގާތީ ކަމަށެވެ. 

އަދި އައިއޭސީއަކީ ބައިނަލްއާޤްވާމީ ގޮތުން ސީދާ ހަރަކާތްތެރިވާނެ ވަކި ޕްލެޓްފޯމެއް އުފެއްދުމައްޓަކައި، އެހީ ޖަމިއްޔާ އިސްވެ އޮވެ އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވެސް އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.