ޖޭޕީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމް ގާސިމާއި ހަވާލު ކުރަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
26 May 2023 | 15:12
ޒުވާނުންގެ ބޮޑު އިވެންޓުގައި ނަހުލާ, ޤާސިމަށް ދެއްވީ 2023 ފޯމު!

ޖުމްހޫރީ ޕާޓީގެ ހަމަ އެކަނި އަންހެން ޑެޕިއުޓީ ލީޑަރު، އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ޤާސިމް އިބްރާހިމަށް 2023 ފޯމު ހަވާލު ކުރައްވައިފިއެވެ.

"ފުރަވީރުން" ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ އިވެންޓުގައި ޖުމްހޫރީީ ޕާޓީއާއި އަލަށް ގުޅުނު 2023 މެމްބަރުން ފޯމު ޤާސިމާއި، ހަވާލު ކުރައްވަމުން ނަހުލާ ވިދާޅުވީ، އެ ޕާޓީގެ ޑެޕިޔުޓީ ލީޑަރެއްގެ މަގާމަށް އޭނާ އިންތިހާބު ވުމާއި އެކު ޒިންމާތައްވެސް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން ޕާޓީގެ މެންބަރުން އޭނާއަށް ވޯޓު ދިން މިންވަރަށް މަސައްކަތް ވެސް ކުރައްވުމަށްވެސް އަޒުމް ކަނޑައެޅުއްވި ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ފުރަތަމަ ކަމަކަށްވެސް ފެއްޓެވީ ޕާޓީ ފުޅާ ކުރުމުގެ މަސައްކަތް ކަމަށާ، އެ 2023 މެންބަރުންނަކީ އެގޮތުން ކުރެވުނު މަސައްކަތުން ވޭތުވެދިޔަ ހަތަރު ވަރަކަށް ހަފްތާ ތެރޭގައި އެ ޕާޓީއަ ގުޅުނު މެންބަރުން ކަން ނަހުލާ ފާހަގަ ކުރެއްވި އެވެ.

މިއިވެންޓާއި ގުޅޭގޮތުން ޖޭޕީގެ ތަރުޖަމާނު ޢަލީ ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީޕާޓީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް މެމްބަރުން އިންތިޙާބު ކުރެއްވި އަންހެން ޑެޕިއުޓީ ލީޑަރު ދިވެހި ސިޔާސީ މަސްރަހު ގުޑުވާލައި، އާންމުންނާއި ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކަށް ހައިރާން ގެނުވައި، ސިއްސުވާލައިފި ކަމަށެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޖޭޕީން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީން ފަށާފައިވާއިރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަ މަހު 9 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.