އެމްއެންޕީގެ ރިޔާސީ ޓިކެޓު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ދެން
ހަބަރު
27 May 2023 | 09:37
އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް އަރުވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް އަރުވައިފި އެވެ. 

ނާޒިމަށް ރިޔާސީ ޓިކެޓު އަރުވާފައިވަނީ އެކަމަށްޓަކާ އަރޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާގަ އެވެ. އެމް.އެން.ޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ ރާއީސަށް އަރުވާފައި މިވަނީ އެމް.އެން.ޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ނާޒިމް ފިޔަވައި އިތުރު ބޭފުޅަކު ވާދަކުރައްވާފައެއް ނުވެއެވެ. 

ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށް ފަހު، ސަޕޯޓަރުންނާއި މުޚާތަބުކުރައްވާ އެމް.އެން.ޕީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނާޒިމު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ރޭހަށް ނިކުމެވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅުވި ސަބަބުތަކާއި، މެނިފެސްޓޯގައި ހިމެނޭ މުހިއްމު ކަންކަމާއި، އެމަނިކުފާނު ގެންގުޅުއްވާނެ މުހިއްމު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފަ އެވެ.

އެންއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް 

ރިޔާސީ ޓިކެޓު ނާޒިމަށް އެރުވުމަށްފަހު، ނާޒިމުގެ ކެމްޕޭނު ވެސް ވަނީ ރަސްމީކޮށް ލޯންޗުކޮށްފަ އެވެ. 

އެގޮތުން ކެމްޕޭން ލޯގޯއާއި، ޝިޢާރުކަމުގައިވާ "އުޖާލާ ޒަމާން" އަދި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާޙްކޮށްފަ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު، މި އިންތިޚާބުގައި ނާޒިމުގެ އިތުރުން 5 ބޭފުޅަކު ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފަ އެވެ. 

އެގޮތުން އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަދި ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަނީ ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރައްވާފަ އެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.