އެމްއެންޕީގެ ކެންޑިޑޭޓޫ ނާޒިމް/ ފޮޓޯ: ދެން
ހަބަރު
27 May 2023 | 10:17
ރައްޔިތުންނަށް "އުޖާލާ ޒަމާނެއް" ހޯދައިދޭނީ އަޅުގަނޑު: ނާޒިމް

އެމްއެންޕީގެ ކެންޑިޑޭޓު މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް "އުޖާލާ ޒަމާނެއް" ހޯއްދަވާ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ނާޒިމު މިފަދައިން ވިދާޅުވެފައިވަނީ އެމް.އެން.ޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

ނާޒިމު ވިދާޅުވީ ސިޔާސީ މައިދާނުގައި ހަގު ލީޑަރަކަށް ވީ ނަމަވެސް، ވާދަކުރަން ތިބި އެހެން ސިޔާސީ ޕާޓީތަކުގެ މައްޗަށް ކުރި ހޯދާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. 

އެގޮތުން ސިޔާސީ ޕާޓީތައް އުފައްދައިގެން މިވީ 15 އަހަރު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ލިބުނު މާބޮޑު ކުރިއެރުމެއް ނެތް ކަމަށާއި، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ޤައުމީ ފިކުރު އިސްކުރައްވައިގެން ކަމަށެވެ. 

ޤައުމީ ފިކުރު އިސްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ އެތައް ގުނައެއް ކުރިއަށް ޖައްސާ ދިވެހިރާއްޖެއަކީ ރައްޔިތުން ފަޚުރުވެރިވާ ޤައުމަކަށް ހެދިދާނެކަމުގެ ޔަގީންކަން އޮތްކަމަށް ނާޒިމު ވިދާޅުވި އެވެ. 

"ދުނިޔޭގެ އެންމެ ފުރަތަމަ ލަގްޒަރީ އެއާލައިނަކީ ރާއްޖޭގެ އެއާލައިން. އެހެނަސް ރާއްޖޭގެ ގައުމީ އެއާލައިން މިދަނީ ބަނޑުގޫޓުވުމުގެ މަގުމަތީގައި. ރާއްޖޭގެ ރެއަކަށް 1 ލައްކަ ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ ލިބޭ ކޮޓަރި ވިއްކާ ރިސޯޓުތައް އެބަހުރި. އެހެން ނަމަވެސް ދިވެހި ދަރިން ނިދަނީ އާއިލާ އާއި އެކީ އެއްކޮޓަރީގައި. މަހަކު އެއްލައްކަ ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މެނޭޖަރުން އެބަތިއްބޭ. އެހެންނަސް ރާއްޖޭގެ ފުރަތަމަ ޑިގްރީ ހަދައިގެން އަންނަ ކުއްޖާއަށް މި ލެބެނީ 8000 ރުފިޔާ. ކުލި ދައްކާފަ، ސުކޫލަށް ޚަރަދުކޮށްފަ ބާކީ އެއްޗެއް އޮންނަނީ މަދުފަހަރަކު" 

އެންއެންޕީގެ ކެންޑިޑޭޓު ނާޒިމް 

ނާޒިމް ވިދާޅުވީ ހާލަތު ބަދަލުކުރެވޭނީ ރައްޔިތުން ބޭނުންވެގެން ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކޮށްގެން ކަމަށެވެ. 

އޭނާއަށް ވުރެ ވަކި އިތުރަށް ޤައުމުދެކެ ލޯބިވާ އެއްވެސް ލީޑަރެއް ނުހުންނާނެ ކަމަށާއި، ރިޔާސީ އިންތިޚާބަށް ނިކުތީ ތަސައްވަރެއް އޮވެގެން ހާލަތު ބަދަލުކުރުމަށްކަމަށް ނާޒިމް ވިދާޅުވި އެވެ. 

އެގޮތުން ރައްޔިތުންގެ ދިރިއުޅުން ފާގަތިކޮށް ނެތެމުންދާ ގައުމިއްޔަތު ކޮޅަށް ޖެހުމަކީ އޭނާ އެންމެ އިސްކަން ދެއްވާނެ މަސައްކަތްތަކުގެ ގޮތުގައި ނާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.