އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 May 2023 | 23:32
ހިޔާލު ތަފާތު މީހުން ރައީސަށް ހަސަދަލީ ކޮވިޑްގައި ކަންކަން މެނޭޖްކުރި މޮޅުކަމުން: އާޒިމް

ކޮވިޑްގައި ރާއްޖޭގެ ކަންކަން މެނޭޖްކުރިލެއް މޮޅުކަމުން ހިޔާލު ތަފާތު މީހުން ރައީސް ޞާލިހަށް ހަސަދަލީ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފ. އަތޮަޅަށް ކުރއްވާ ދަތުރުފުޅުގައި، ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގަ މި ރާއްޖޭގެ ކަންކަން މަނިކުފާނު މެނޭޖްކުރެއްވި ގާބިލުކަން ވެގެން ދިޔައީ، ހިޔާލު ތަފާތުވި މީހުންގެ ޝުކުރު މަނިކުފާނަށް ލިބުމުގެ ބަދަލުގާ އެމީހުންގެ ނަފްރަތާ ހަސަދަޔާ ރުޅި އިސްވެގެން ދިޔަ ކަަމަކަށް. މި ގައުމުގެ ލީޑަރޝިޕަށް ފައި ނަގަން ބޭނުންވެފާ ތިބި އެފަދަ ބޭފުޅުންނަށް މަނިކުފާނު ވެގެން ދިޔައީ ބޮޑު ބިރަކަށް. އެންމެ ބޮޑު ޗެލެންޖަކަށް" 

އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، އޭގެ ސަބަބުން ވުޖޫދުގަވެސް ނެތް ކަންކަން އުފައްދައިގެން ވާހަކަ ދައްކަން ފެށީ ސައްހަ ވާހަކައެއް ނެތިގެން ކަމަށެވެ.

ކޮވިޑްގައި ސަރުކާރުން ނުހުއްޓާ ކުރި އެއް މަސައްކަތަކީ އެމްޓީސީސީން ކުރިއަށް ގެންދިޔަ މަޝްރޫއުތައްތަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ ކޮންމެ ރަށެއްގައިހެން ސަރުކާރުގެ މަޝްރޫއުތައް ހިނގައިގަތް ކަމަށެވެ. އޭގެ ސަބަބުން ބައެއް ފަރާތްތަކަށް ހަޖަމް ނުވީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އުމްރާނީ، އިޖްތިމާއީ، ސިއްހީ، އިގްތިސާދީ އަދި އިލްމީ ރޮނގުން މި ސަރުކާރުން ގެނެސްދެއްވާ ނޫރާނީ ކަމަކީ ރައްޔިތުން ބަލައިގަންނަ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ.

ކޮމެންޓް
ގައުމުދެކެ ލޯބިވާ
ވާ ސަރީ ވާ ތެދެއް ކޮވިޑް ކޮންޓްރޯލް ކުރިލެއް މޮޅުކަމުން ހަސަދަ އެކަންޏެއްނުން ލީކީ ލަދުން ދެފައި ކާރިނުކުރެވިގެން މިއުޅެނީ.
28 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.