ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި މިނިސްޓަރު އަސްލަމް
ހަބަރު
28 May 2023 | 12:07
މި ސަރުކާރަކީ ހުވަފެން ދައްކާ ބައެއް ނޫން، ވައުދު ވެފަ، ވައުދު ފުއްދާ ބައެއް: އަސްލަމް

މި ސަރުކާރަކީ ވައުދުވާ ބައެއް ކަމަށާއި، ހުވަފެން ދައްކާ ބައެއް ނޫން ކަމަށާއި، ވައުފު ވެފަ ވައުދު ފުއްދުމަށްފަހު އެކަމުގެ އުފާ ފާޅު ކުރާ ސަރުކާރެއް ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ފ. މަގޫދޫގައި އަލަށް ޢިމާރާތްކުރެވުނު ފެނަކަ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަސްލަމް ވިދާޅުވީ މި ސަރުކާރުން 561 އުމްރާނީ ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާއިރު މީގެ ތެރެއިން 118 މަޝްރޫއެއް ނިންމައިފައިވާ ކަމަށެވެ.

މީގެ ތެރެގައި ބަނދަރާއި، ޖެޓީ، މަގު، ގޮޑުދޮށް ހިމާޔަތް ކުރުން، ބިން ހިއްކުން، ގެދޮރު އެޅުން، ކޯޒްވޭ ހެދުން، ފެން ހިންދާ ނިޒާމް، އެއާޕޯޓް، އޮފީސް އިމާރާތްތައް، މޫދަށް އެރޭ ސަރަހައްދު، ޕޯޓް، ބްރިޖް، ފެނާއި ނަރުދަމާ އަދި ރާއްޖޭގެ ރަށްތައް ފެރީގެ ވިއުގަ އަކުން ގުޅާލުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ހަމަ މިމަސައްކަތް ތަކުގެ ތެރެއިން 229 މަސައްކަތެއްގެ އަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާއި 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު 122 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށް ހިނގަމުންދާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހުގެ ތެރޭގައި މި ދެންނެވި 122 ފެނާއި ނަރުދަމާގެ މަޝްރޫއުގެ ތެރެއިން ގިނަ ޕްރޮޖެކްޓައް އުޅެނީ 70 80 ޕަސެންޓް މަސައްކަތް ނިމިފަ. ކުރިއަށް އޮތް 3 މަސް ރައީސް ޖެހިވަޑައިގަންނަވާނެ މިހެން ދުވާލަކު ދެ ތިން ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހު ކުރަން." އަސްލަމް ވިދާޅުވިއެވެ.

މިއާއިއެކު އަސްލަމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ މަސައްކަތެއް ފައްޓާ ރަސްމިއްޔާތެއްގައި އަދި ބިންގާ އަޅާ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަން ނުޖެހުން ކަމަށާއި ރައީސް ވެސް މިފަދަ ރަސްމިއްޔާތެއްގައި ބައިވެރި ވަޑައިނުގަންނަވާ ކަމަށެވެ.

"މަސައްކަތް ނިންމަވާފަ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަށާ ރަސްމިއްޔާތުގައި މުޅިންވެސް އަޅުގަނޑުމެން ބައިވެރިވަނީ. އަޅުގަނޑުމެން މިއީ ވައުދުވާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން، ވައުދު ވެފަ ވައުދު ފުއްދާފަ އެކަމުގެ އުފާ ފާޅޫ ކުރަން އަޅުގަނޑުމެން އަންނަނީ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުންވެސް މަސައްކަތް ކުރުމުގައި އެއްވެސް ގޮތަކަށް ކަންދެއްކުމަށް ނޫޅޭ ކަމަށާއި މާ ދިގު އަދި މާ ގިނަ ހެޑްލައިންއެއް ކޮންމެ ދުވަހަކު ނަހަދާ ކަމަށެވެ.

އެގޮތުން މި ސަރުކާރުން ކަން ކުރާ ގޮތަކީ ކަމެއް ކުރަން ބޭނުންވުމުން އެކަމާއި ދޭތެރެ ވިސްނާ، ޕްލޭން ކޮށް، އަދި އެކަން ކުރުމަށްފަހު އެ ކަމުގެ ވާހަކަ ދެއްކުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ފ އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން މަގޫދޫގެ އިތުރުން ދަރަނބޫދޫ އަދި ނިލަންދޫ އަށް ވެސް މި ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.